މޯލްޑިވްސް އިމިގްރޭޝަން

ކަޅުބާޒާރުގައި ޑޮލަރު ވިއްކި މީހުން ޑީޕޯޓް ކޮށްލަނީ

ފުޅާދާއިރާއެއްގައި ކަޅުބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދިޔަ ތިން މީހަކު ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އަވަސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުޅާދައިރާއެއްގައި ކަޅުބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުން ދަނިކޮށް ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހުންގެ ލިޔެކިޔުން ހަަމަޖެހުނުހާ އަވަހަކަށް ޑީޕޯޓްކޮށްލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"ހައްޔަރު ކުރި ފަސް މީހުންގެ ތެރެއިން ދެ މީހުން މިދިޔަ ހަފްތާގައި ވަނީ ޑީޕޯޓް ކޮށްލާފައި. އަނެއް ތިން މީހުންވެސް ލިޔެކިޔުންތައް ހަމަޖެހުނުހާ އަވަހަށް ޑީޕޯޓްކޮށްލުމުގެ މަސައްކަތް ކުރިއަށް ދާނެ،" އޮފިޝަލް ވިދާޅުވި އެވެ.

މިމީހުން އަތުލައިގެންފައިވަނީ ޓާސްކް ފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިމިގްރޭޝަން އާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން މިމަހުގެ ފަސް ވަނަ ދުވަހު އެވެ.