ދުނިޔެ

"ޕާކިސްތާނު ގާތިލު" ހައްޔަރުކޮށްފި

ކޮންޓްރެކްޓް އުސޫލުން 70 މެރިކަމުގެ ތުހުމަތަށް ޕާކިސްތާނުން ހޯދަމުން ދިޔަ ނުރައްކާތެރި މުޖުރިމަކު ހަންގޭރީން ހައްޔަރުކޮށްފިއެވެ.

ޕާކިސްތާނުން އެމީހާ ހޯދަން ބައިނަލް އަގުވާމީ އަމުރެއް ނެރުނު އިރު ބުނެފައި ވަނީ އެގައުމުން އެންމެ ބޮޑަށް ހޯދަން ބޭނުންވާ މީހާ ކަމަށެވެ.

ހަންގޭރީ ފުލުހުންނާ ހަވާލާދީ ބީބީސީ ބުނީ 'ޕާކިސްތާނުގެ ގާތިލު' ގެ ނަންދީފައިވާ އެމީހާ ފެނުނީ ހަންގޭރީ ތެރެއިންލާފައި އެގައުމާ އިންވެގެން އޮންނަ އޮސްޓްރިއާއަށް ވަގަށް އެތެރެވާން އުޅުނު ހިޖުރަކުރާ ބައެއްގެ ތެރޭގައި ހުއްޓައި ކަމަށެވެ. އުމުރުން 35 އަހަރުގެ އެމީހާ މީޑިއާއަށް އިނގެނީ ހަމަ އެކަނި އޭ ޒެޑް ގެ ނަމުގައެވެ.

އޮަސްޓްރިއާގެ ފެޑެރަލް ކްރިމިނަލް ބިއުރޯއިން އޭއެފްޕީއަށް ފޮނުވި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ގާތިލު ފެނުނީ ބުޑަޕާސްޓްއާ 175 ކިލޯމީޓަރު ދުރުގައި އޮންނަ ބޮލީ ނަމަކަށް ކިޔާ ރަށުން ކަމަށެވެ.

އޭ ޒެޑް ޕާކިސްތާނަށް ފޮނުވުމާ މެދު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ގޮތެއް ނިންމާނެެއެވެ.

" މި މައްސަލައިން އަނެއްކާވެސް މި ފެނިގެން ދިޔައީ ކުށްކުރުމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ބައިނަލް އަގުވާމީ ވިއުގައެއް އޮތުމުގެ މުހިއްމުކަން،" އޮސްޓްރިއާގެ އިންޓީރިއާ މިނިސްޓަރު ވޮލްފާން ސޮބޮޓްކާ ފުނުއްވި ބަޔާނުގައި ވިދާޅުވެފައި ވެއެވެ.