ލައިފްސްޓައިލް

ފޯނު އެލާމްވާން ފެށީމަ "ސްނޫޒް" ނުކުރާތި!

Oct 27, 2017
3

ހެނދުނު 6:30 ވާއިރަށް ފޯނު އެލާމްވާން ފަށާނެ އެވެ. އެކަމަކު އަދި ނިދާ ތެދުވާކަށް ބޭނުމެއް ނޫނެވެ. އަދި އިތުރަށް ނިދަން ބޭނުމެވެ. އޮފީހަށް ނުގޮސް ގޭގައި ހުރެގެން ވަޒީފާ އަދާކުރެވޭނެ ނަމަ އެވެ. ހެނދުނު ފޯނު އެލާމްވާން ފެށުމުން އެންމެ ފުރަތަަމަވެސް ހިތަށް އަރަނީ އެހެންނެވެ. އެހާ އަވަހަށް ހޭލައިގެން، ހަލަބޮލި މަގުތަކުން ދުއްވާފައި އޮފީހަށް ދާކަށް ބޭނުމެއް ނޫނެވެ.

އެހެންކަމުން ފޯނު ނެގުމަށްފަހު "ސްނޫޒް" ކޮށްލަނީ އެވެ. ފަސް ވަރަކަށް މިނެޓު ފަހުން އަނެއްކާވެސް ފޯނު އެލާމްވާން ފަށާނެ އެވެ. މިފަހަރުވެސް ސްނޫޒްކޮށްލަނީ އެވެ. އަނެއްކާވެސް އިރުކޮޅަކުން ފޯނު އެލާމްވާން ފެށުމުން ރުޅި ގަދަވެގެން ތެދުވަނީ އެވެ. އޭރު އޮންނަނީ މާބޮޑަށް ލަސްވެފަ އެވެ. އަނެއްކާވެސް ހިންހަމަ ނުޖެހުން އިތުރުވާނެ ސަބަބެކެވެ.

ފޯނު އެލާމް ނުކޮށް ނިދާ ހޭލަން އާދަކުރަންވީ އެހެންވެ އެވެ. ހެނދުނު ގަޑީގެ ތާޒާކަން ނުގެއްލި މީހާގެ މޫޑުވެސް ރަނގަޅުވާނެތީ އެވެ. އެއީ މީހާ ނިދާތާ ފުރަތަަމަ ދެތިން ގަޑިއިރުގެ ތެރޭގައި މީހާގެ ހަށިގަނޑުގެ ފިނި ހޫނުމިން ވަރަށް ބޮޑަށް ދަށްވެފައި ނިދި ހަމަވެގެން ހޭލާއިރު ފިނި ހޫނުމިން މަތިވެފައި ހުންނާނެތީ އެވެ. އެކަމަކީ ހެނދުނުގެ ތާޒާކަން މީހާއަށް ލިއްބައިދޭނެ ކަމެކެވެ. ފޯނު އެލާމްވެގެން ތި ހޭލެވެނީ ނިދި ހަމަ ނުވަނީ ހެވެ.

އަވަހަށް ނިދާ، ނދި ހަމަކުރަން ވަގުތު ނުލިބޭނަމަ ހެނދުނު ހޭލާ ގޮތަށް ކުރާނެ ކަމެއް ރާވާލާފައި ބަހައްޓާށެވެ. މިސާލަކަށް ފޭސްބުކް، ޓުވިޓާ ފަދަ ސޯޝަލް މީޑިއާ އާ ރޭގަނޑަށް ދުރުވެ ހެނދުނު ހެނދުނާ ޗެކުކޮށްލާށެވެ. އެއީ ނިދިވެސް ފިލުވާލާނެ ކަމެކެވެ.

އަދިވެސް އިތުރު ގޮތެއް އެބަ އޮތެވެ. ފޯނު ނުވަތަ ގަޑި އަތް ނުފޯރާ ހިސާބު ދުރުގައި ބާއްވާށެވެ. އޭރަށް ފޯނު އެލާމްވާން ފެށީމަ ޖެހޭނީ ތެދުވާކަށް ނޫން ހެއްޔެވެ.