ވިޔަފާރި

ފްލަފް: މި ނުކައި ދޫކޮށްލެވޭކަށް ނެތް!

ބާޒާރުގައި މިބާވަތުގެ އެއްޗިހި އެ ބަވިއްކަ އެވެ. އެކަމަކު މިއާ އެއްގޮތަކުން ވެސް އަޅައެއް ނުކިޔޭނެ އެވެ. މީގެ ބްރޭންޑުގެ ގޮތުން ބެލިއަސް މި އުޅެނީ މާކުރީގަ އެވެ. އެމެރިކާގެ، "ފްލަފް މާޝްމެލޯ ސްޕްރެޑް" ތާރީހަށް ގޮސް ބަލައިލާނަމަ ގަރުނެއް ވެއްޖެ އެވެ. ދެން އޮތީ ރަހަ އެވެ. ބިޒީކޮށް އުޅެން ޖެހޭ މިފަދަ ޒަމާނެއްގައި ފްލަފްއަކީ ކެއުމުގައި ބޭނުން ކޮށްލެވޭނެ އެއް ބާވަތެވެ. ޕާންފަދަ އެއްޗިހީގައި ޖަހާލައިގެން ކައިލެވޭ މީރު މި އުފެއްދުން ވިއްކަނީ "އޮއިޔާ" އިންނެވެ.

ދެން މި އޮތީ މީގެ އެންމެ ހާއްސަ ރަހަތަކެވެ. ޕީނަޓް ބަޓަރާއި ޕާން ފަދަ އެއްޗިހީގައި ޖަހާލައިގެން ކައިލެވޭ މި ބާވަތްތަކީ ކުޑަކުދިންނަށް އެކަށީގެންވާ އެއްޗެކެވެ. އަދި އެހާމެ މީރު އެއްޗެކެވެ.

ފްލަފް މާޝްމެލޯ ސްޕްރެޑް އުފެއްދީ 1917 ވަނަ އަހަރު އާޗިބޯލްޑް ކީރީއިންނެވެ. ނަމަވެސް ފުރަތަމަ ބޮޑު ހަނގުރާމައާ ހެދި އުފެއްދުން ހުއްޓުނެވެ. ނަމަވެސް ހަނގުރާމަ ނިމުމުން އެ ބާވަތް އުފެއްދުން އިތުރަށް ކުރިއަށް ގެންދަން އެ ކުންފުނިން ޝައުގުވެރިއެއް ނުވި އެވެ. އެހެންވެ ފޯމިއުލާ ވިއްކައިލީ އެލަން ޑާކީ އެންޑް ފްރެޑް އެލް މޫވާ އަށެވެ. އެ ކުންފުނިން ރެސިޕީ ހޯދުމަށް ފަހު އަހަރުތަކަކުން އެ ރެސިޕީއަށް ބަދަލުތައް ގެނަ އެވެ. އަދި އެމީހުން ދޮރުން ދޮރަށް ހިނގައި އަޖައިބު ކުރުވަނިވި ސްޕްރެޑާ މެދު މީހުން ހޭލުންތެރިކުރުވި އެވެ. އަދި އެ އުފެއްދުމަށް ޑިމާންޑް ބޮޑުވުމުން އެލަން ޑާކީ އެންޑް ފްރެޑް އެލް މޫވާ އިން މި ބާވަތް އުފެެއްދުން އިތުރު ކުރި އެވެ.

އޮއިޔާ ފޭސްބުކް ޕޭޖެއް

ފެކްޓްރީއެެއް ގަނެ، އަލުން ބޭނުން ކުރެވޭ އަދި މީހުން ގަޔާވާ އެއްޗަކަށް ހެދުމަށްޓަކައި ފުޅި ވެސް އަލުން ފަރުމާކުރި އެވެ.

ފްލަފް އަކީ ތަތް ކަމެއް ހުންނަ، އެކަަމަކު ކާއްތާލަން ފަސޭހަ، މަޑު އެއް ޗެކެވެ. މިއީ ޕީޓަޓް ބަޓަރާއި ޕާނަށް އިތުރު ފުރި ހަމަކަމެއް ގެނެސްދޭ އެއްޗެކެވެ. ވަކިން ހާއްސަކޮށް ނިއު-އިންގްލޭންޑްގައި މިއީ ޅަފުރައިގެ ހަނދާންތަކާ ގުޅޭ އެއްޗެކެވެ. މި ސްޕްރެޑްގެ ތަފާތު ގިނަ ރަހަތައް ހުރެ އެވެ. އޭގެ ތެރޭގައި ވެނީލާ، ސްޓްރޯބެރީ، ރާސްޕްބެރީ، އަދި ކެރަމެލް ހިމެނެ އެވެ. ޓޮޕިން އާއި ފިލިންގެ ގޮތުގައި ވެސް މި ސްޕްރެޑް ބޭނުން ކުރެވިދާނެ އެވެ.