ދުނިޔެ

ކޮކެއިން ބޭނުންކުރި އިނގިރޭސި ސިފައިންތަކެއް ވަކިކޮށްފި

އިނގިރޭސި ކަނޑުގެ ސިފައިންގެ ސަބްމެރިންއެއްގައި މަސައްކަތް ކުރި ސިފައިންގެ ތެރެއިން ނުވަ މީހަކު ކޮކެެއިން ބޭނުންކޮށްފަައިވާކަން ޓެސްޓްތަކުން އެނގުމުން އެމީހުން ވަޒީފާއިން ވަކިކޮށްފިއެވެ.

ޑްރަގް ބޭނުންކުރިކަން ފަޅާ އެރީ އެޗްއެމްއެސް ވިޖިލިއަންޓް ނަމަކަށް ކިޔާ ސަބްމެރިންގައި މަސައްކަތްކުރި ބައެކެވެ. އެޗްއެމްއެސް ވިޖިލޭންޓަކީ ނިއުކްލިއަ ހަތިޔާރު ހުންނަ ސަބްމެެރީނެކެވެ. އެ އުޅަނދުގައި ނިއުކްލިއަ ވޯހެޑް އުފުލޭ އަށް ޓްރިޑެންޓް މިސައިލް ހުރެއެެވެ.

ޑްރަގް ޓެސްޓުން ފޭލިވި ސިފައިންނާ ބެހޭ ގޮތުންް އިނގިރޭސި ރޯޔަލް ނޭވީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ނަހަމަ ގޮތުގައި ޑްރަގް ބޭނުންކުުރުމަކީ އެ މުއައްސަސާއިން ތަހައްމަލުކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ބުނެފައި ވަނީ ހުންނަން ޖެހޭ މަތީ ފެންވަރު ނެތް މީހުން ހިދުމަތުން އެކަހެރިކޮށްފައިވާ ކަމަށެވެ.

އެޗްއެމްއެސް ވިޖިލޭންޓްގެ ކެމްޕަންވެސް ކުރިން ވަނީ މަގާމުން ވަކިކޮށްފައެވެ. އޭނާ މަގާމުން ވަކިކުރީ ސަބްމެރިންގެ ފަޅުވެރިއަކާ އެކު ނަހަމަ ގުޅުމެއް ބޭއްވިކަން ފަޅާއަރައިގެންނެވެ. ރޯޔަލް ނޭވީން އޭރު ބުނެފައި ވަނީ ތަހުގީގެއް ކުރިއަށްދާ ކަމަށާއި އެހެން ނަމަވެސް ސަމްބެރިންގެ އޮޕަރޭޝަންތަކަށް ހުރަހެއް ނޭޅޭނެ ކަމަށެވެ.