ވިޔަފާރި

ރެއިންބޯއިން ހުޅުމާލެ ސާފުކޮށްދީފި

Oct 29, 2017

ރެއިންބޯގެ ރެކްރިއޭޝަން ކްލަބުން ހުޅުމާލެ ސާފު ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

އިމާރާތް ކުރުމުގެ ދާއިރާގައި ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ ކުންފުނިން ހުޅުމާލެ ސާފު ކުރަން މިދިޔަ ހުކުރު ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތުގައި އެ ކުންފުނީގެ 120 މުވައްޒަފުން ބައިވެރިވެފައިވެ އެވެ.

ރެއިންބޯގެ އިޖުތިމާއީ ޒިންމާގެ ދަށުން، ފެށި މި މަސައްކަތުގެ މަގުސަދަކީ ތިމާވެށި ސާފުކޮށް ބޭއްވުމަށް މުވައްޒަފުންނާއި ރައްޔިތުން ހޭލުންތެރި ކުރުވުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

ރެއިންބޯއިން ހުޅުމާލެ ސާފު ކުރުމަށް ފެށި، މަސައްކަތް ސިލްސިލާ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދަން، އެ ކުންފުނިން ވަނީ ނިންމާފަ އެވެ.