ވިޔަފާރި

ދިރާގުގެ ފައިދާ 210 މިލިއަން ރުފިޔާ އަށް އަރައިފި

ދިރާގުގެ ތިންވަނަ ކުއާޓަރުގެ ފައިދާ ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމަޔަށް އިތުރުވެ، 210 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.

ދިރާގުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނީ 209 މިލިއަން ރުފިޔާ އެވެ. އަދި ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 626 މިލިއަން ރުފިޔާ ލިބުނުއިރު، ތިންވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 651 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ދިރާގުގެ ހިއްސާއަކަށް މިިދިޔަ ކުއާޓަރުގައި ޖެހިފައި ވަނީ 2.77ރ ރ. އެވެ. ނަމަވެސް ދެވަނަ ކުއާޓަރުގައި ހިއްސާއަކަށް ޖެހުނީ 2.75ރ. އެވެ،

ތިންވަނަ ކުއާޓަރުގައި ދިރާގުން ވަނީ އާ ގިނަ ހިދުމަތްތަކެއް ކަސްޓަމަރުންނާ ހަމައަށް ގެނެސްދީފަ އެވެ. މިގޮތުން "ދިރާގު ޓީވީ" ގެ ހިދުމަތް ވަރުގަދަ ކުރުމާއި ޒުވާނުންނަށް ހާއްސަކޮށް ގިނަ ހިދުމަތްތަކެއް ގެނެސް ދިނުން ހިމެނެ އެވެ. މީގެ ތެރޭގައި މަޝްހޫރު "ޔޮންޓާމިއުޒިކް" ރާއްޖެއަށް ގެނެސް ދިނުން ހިމެނެ އެވެ. އަދި މީގެ އިތުރުން މި ކުއާޓަރުގައި ގިނަ ރަށްރަކަށް ފައިބާ ޓު ހޯމް (އެފްޓީޓީއެޗް) ގެ ހިދުމަތް ވެސް ދީފައިވެ އެވެ.