ވިޔަފާރި

އިޓަލީގެ ގައުމީ އެއާލައިންގެ އުދުހުންތައް މާދަމާ ރާއްޖެއަށް ފަށަނީ

އިޓަލީގެ ގައުމީ އެއާލައިން "އަލިތާލިއާ" ގެ ދަތުރުތައް މާދަމާ ރާއްޖެއަށް އުދުހުންތައް ފަށާނެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ސީޒަންއާ ދިމާކޮށް، ދަތުރު ފަށާ އެއާލައިންތަކުގެ ތެރޭގައި ހިމެނޭ އަލިތާލިއާގެ ދަތުރުތައް ރާއްޖެ އަށް ފަށަން ނިންމާފައިވަނީ މާދަމާ ހަވީރު ތިނެއް ޖަހާއިރު އެވެ. އަދި މި އެއާލައިންގެ އުދުންތައް ފެށުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މާދަމާ ރަސްމީއްޔާތެއް ވެސް ބާއްވާނެ އެވެ.

އިޓަލީގެ، ރޯމުން ސީދާ ރާއްޖެ އަށް ދަތުރުފަށާ، އަލިޓާލިއާ އެއާލައިންއަކީ ޔޫރަޕު މަޝްހޫރު އެއާލައިން އެކެވެ. މި އެއާލައިނުން އަންނަ އަހަރުގެ މާޗު މަހުގެ 24 އާ ހަމައަށް ހަފްތާއަކު ތިން ދުވަހު ރާއްޖެއަށް ދަތުރު ކުރާނެ އެވެ. އަދި އަލިޓާލިއާ އިން ރާއްޖެއަށް އުދުހެން ބޭނުން ކުރާނީ 250 މީހުންގެ، އެއާބަސް 330 މަރުކާގެ ބޯޓެކެވެ.

އަލިތާލިއާ އިން އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރު ކޮށްފައިވަނީ 1985 ވަނަ އަހަރު އެވެ. އޭގެ ފަހުން ފަސް އަހަރު ފަހުން ދަތުރު ކުރުމަށްފަހު، މިއީ ރާއްޖެއަށް ޝެޑިއުލް ދަތުރު ފަށާ ފުރަތަމަ ފަހަރެވެ.

މި އަހަރުގެ ފަހުކޮޅު ރާއްޖެ އަށް ފަށާ އާ އެއާލައިންތަކުގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވޭ އެއް އެއާލައިންއަކީ ޔޫރަޕުގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ "އެއާފްރާންސް" އެވެ. އެ އެއާލައިނުން އެއާ ކޮންމެ ހަފުތާއެއްގެ ބުރާސްދަތު އަދި ހޮނިހިރު ދުވަހު ފްލައިޓް ބާއްވަން ނިންމާފައިވެ އެވެ. މި އެއާލައިނުން މާލެއަށް ދަތުރު ކުރާނީ އެެ އެއާލައިނުގެ ބޮއިންގް 777 މަރުކާގެ މަތިންދާ ބޯޓުތަކުގަ އެވެ. މީގެ އިތުރުން ވެސް ގިނަ އެއާލައިންތަކެއްގެ ފްލައިޓް އިތުރުކޮށް، ފްލައިޓްތަކުގެ ކެޕޭސިޓީ އިތުރު ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.

އިޓަލީއަކީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މަގުބޫލު އެއް މަންޒިލެވެ. އިޓަލީން މި އަހަރުގެ މިހާތަނަށް 58،619 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ.