އެމެރިކާގެ ނިއުޔޯކްގެ މަގެއްގައި ބައިސްކަލް ދުއްވަން ހާއްސަކޮށްފައިވާ ބައެއްގެ ތެރެއަށް މީހަކު ޓްރަކެއްގައި ވަދެ މީހުންގެ ގައިަގައި ޖައްސައި އަށް މީހުން މަރާލައިފިއެވެ.
ބީބީސީ ބުނީ ޓްރަކް ދުއްވަން އިނީ އުމުރުން 29 އަހަރުގެ ސައިފުﷲ ސައިޕޯފް ނަމަކަށް ކިޔާ މީހެއް ކަމަށާއި މީހުންގެ ގައިގައި ޖެއްސުމަށް ފަހު ޓްރަކުން ފޭޭބުމުން އެމެރިކާ ފުލުހުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާއަކީ 2010 ވަނަ އަހަރު އެމެރިކާއަށް ހިޖުރަކުރި މީހެއް ކަމަށް ވެސް އެމެރިކާގެ މީޑިއާތަކާ ހަވާލާދީ ބީބީން ބުންޏެވެ.
ސީބީއެސް ނިއުސް ބުނީ ސައިފުﷲ ދުއްވި ޓްރަކްގެ ތެރެއިންް އިސްލާމިކް ސްޓޭޓް( އައިއެސް) އާ ގުޅޭ ނޯޓެއް ފެނިފަައިވާ ކަމަށާއި އެހާދިސާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް އެމެރިކާގެ އޮފިޝަލުން ފަހުން ކަނޑައަޅާފައިވާ ކަމަށެވެ.
.
އިއްޔެ މެންދުރުފަހު އެމެރިކާ ގަޑިން 3.00 އެހާކަށް ހާއިރު ދިން އެހަމަލާއަކީ ކުއްޔަށް ހިފާފައިވާ ޓްރަކެއް ބޭނުންކޮށްގެން ދިން ހަމަލާއެއް ކަމަށް ނިއުޔޯކް ޕޮލިސް ޑިޕާޓްމަންޓްގެ ކޮމިޝަނާ ޖޭމްސް އޮނީލްއާ ހަވާލާދީ ނޫސްތަކުން ބުންޏެވެ. ހަދި ބުނީ ހަމަލާ ދިނުމަށް ފަހު ޑްރައިވަރު ޓްރަކުން ފޭބީ ބަޑިއެއް ހިފައިގެން ޓެރަރިޒަމާ ގުޅުން ހުރި އިބާރާތެއް ކިޔަމުން ކަމަށް ވެސް ބުންޏެވެ. ބަޑައި ޖަހައި ޒަހަމްކޮށްލައިގެން ހައްޔަރުކޮށްފައިވާ އެމީހާ މިހާރު އޮތީ ހޮސްޕިޓަލެއްގައެވެ