ދިވެހި ސިނަމާ

ނަހުލާގެ "ބޮސް" ރިލީޒް ކޮށްފި

އައިޝަތު ރިޝްމީ ޑައިރެކްޓް ކޮށް ފާތިމަތު ނަހުލާ ޕްރޮޑިއުސްކުރި ފިލްމު "ބޮސް" ރިލީޒް ކުރުމާއެކު އެންމެ ގިނަ މީހުން އެ ފިލްމެއްގެ ހަބަރުތައް ބަރާބަރަށް ބަލަމުން ގެންދިޔަ އެއް ފިލްމަކީ "ބޮސް" އެވެ. ބެލުންތެރިންގެ އިންތިޒާރަށް ނިމުމެއް ގެނެސް ރޭ މިވަނީ އެ ފިލްމު ރިލީޒްކޮށްފަ އެވެ.

ރޭ ފިލްމު ބެލުމަށްފަހު ގިނަ ބަޔަކު ވަނީ އަލަށް ފިލްމީ ދާއިރާއަށް ނުކުތް ބޮސް ލީޑް ފިރިހެން ތަރި މުހައްމަދު ޔުނާނަށް ތައުރީފްކޮށްފަ އެވެ. ޔުނާން އާ އެކު ދެން އެ ފިލްމުން ފެނިގެން ދިޔައި މިހާރު ފިލްމީ ދާއިރާގައި އެންމެ މަގުބޫލު އެއް ބަތަލާ މަރިޔަމް އައްޒަ އެވެ. ސަޕޯޓިން ތަރިންގެ ގޮތުގައި ފާތިމަތު އާޒިފާ، އަލީ އާޒިމް (ދޮން އައްޔަ)، އިބްރާހިމް ޖިހާދު (ޖިމީ) އަދި އަލީ ޝަމީލްވެސް ފެނިގެންދިޔަ އެވެ.

ރޭ ފިލްމު ބަލަން ދިޔަ ގިނަ މީހުންނަށް ވަނީ ފިލްމު ކަމުގޮސްފަ އެވެ. އަދި ބޮސްގެ ތަރިންނަށް ހާއްސަކޮށް އަލަށް ފިލްމީ ދާއިރާއަށް ނުކުތް ޔުނާނަށް ގިނަ ބަޔަކު ވަނީ ތައުރީފްކޮށްފަ އެވެ. ފިލްމު ބެލި މީހުން ބުނީ ފިލްމުގައި ހަރަކާތްތެރިވި ސީނިއާ ތަރިންގެ އެކްޓިން އާ ޔުނާންގެ އެކްޓިން އެއް ވަރު ކަމަށެވެ.

ޔުނާންގެ އެކްޓިން އަށް މީގެ ކުރިން ޕްރޮޑަކްޝަން ޓީމުންވެސް ވަނީ ތައުރީފްކޮށްފަ އެވެ.

ބޮސް އަކީ ލޯތްބާއި ހިތާމަ ފެނިގެންދާ ފިލްމެކެވެ. ސިނެމްސްޓޯން އިން ސިނެމެޓޮގްރަފީ ހަދައިދީފައިވާ އެ ފިލްމަކީ ފޯކޭ ކޮލިޓީގައި އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި ބޮސް ސިފަ ކުރަނީ ބޮސް ދިނުމުގެ ގޮތުގަ އެވެ.

ފިލްމުގެ ލަވަތައް ކިޔާފައިވަނީ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ)، އައިޝަތު މާއިން ރަޝީދު، ޝަލަބީ އިބްރާހީމް، މަރިޔަމް އަޝްފާ، އިބްރާހިމް އަލީ (ކުޑަ އިއްބެ)، ކޮމަންޑޫ އައްޔަ އަދި އަހުމަދު ނަބީލް އެވެ.