ދުނިޔެ

ހަމަލާއެއް ދޭން އުޅުނު ބަންގާޅު ޕައިލޮޓަކު ހަައްޔަރުކޮށްފި

ބަންގްލަދޭޝްގެ ގައުމީ އެއާލައިން ' ބިމާން ބަަންގްލަދޭޝް"ގެ މަތިންދާބޯޓެއް ބޭނުންކޮށްގެން ޓެރަރިސްޓް ހަމަލާއެއް ދޭން ރޭވިކަމުގެ ތުހުމަތަށް އެ އެއާލައިންގެ ޕައިލޮޓަކު ހައްޔަރުކޮށްފިއެވެ.

ޑާކާ ޓްރައިބިއުން ނޫހުން އިއްޔެ ބުނީ ޕައިލޮޓް ހިމެނޭ ގޮތުން ހައްޔަރު ކުރި ހަަތަރު މީހުންގެ ގްރޫޕަކީ ' ޖަމާއަތުކް މުޖާހިދީން ބަންގްލަދޭޝް' ގެ ނަމުގައި ހަރަކާތްތެރިވާ ޖަމާއަތެއްގެ މެމްބަރުން ކަމަށެވެ.

ހައްްޔަރު ކުރި ޕައިލޮޓުގެ ނަމަކަށް ބަންގާޅު ފުލުހުން ދީފައި ވަނީ ސައްބިރު ކަމަށާއި އޭނާއަލީ ގައުމީ އެއާލައިންގެ ފަސްޓް އޮފިސަރެއްގެ މަގާމުގައި ހުރި މީހެއް ކަމަށް ވެސް ނޫހުން ބުންޏެވެ. އަދި ބުނީ އޭނާއާއި އަނެއް ތިން މީހުންނަކީ ގައިގައި ހަރުކޮށްފައިވާ ބޮމެއް ގޮއްވާލައިގެން މަރުވި އަބުދުﷲ ނަމަކަށް ކިޔާ ހަނގުރާމަވެރިއަކާ ގާތްގުޅުމެއް އޮންނަ މީހުން ކަަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު މީރު ޕޫރުގެ ދާރުއް ސަލާމް ނަަމަކަށް ކިޔާ ރަށުގައި އަބުދުﷲ ދިން ބޮމުގެ ހަމަލާގައި އޭނާގެ އިތުރުން ހަތްމީހުން މަރުވިއެވެ.

ބަންގްލަދޭޝްގައި ގިނަ އަދަދެއްގެ ޓެރަރިސްޓް ޖަމާއަތްތަތައް އުޅޭ އިރު އެފަދަ ޖަމާއަތްތަކުން ދޭ ހަމަލާތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރު އެކަނިވެސް އެ ގައުމުގައި ހަތަރު ހަމަލާއެއްދީ އެތައް ބަޔަކު ވަނީ މަރާލާފައެވެ.