ވިޔަފާރި

ފުށިފަރު ރިސޯޓް ހުޅުވައިިފި

ރާއްޖޭގައި ފަރުނީޗަރުގެ ވިޔަފާރިކުރުމުގައި ބޮޑު މަޝްހޫރު ކަމެއް ހޯދި މުނި ހޯމްކެއާ ހިންގާ ކުންފުނިން ރާއްޖޭގެ ރިސޯޓެއް ހުޅުވައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ، ސައިޓުތަކުގައިވާ ގޮތުން މުނި އެންޓަޕްރައިޒަސް ހިންގާ ކުންފުނީގެ ދަށުން، ހިންގާ ފުށިފަރު އިންވެސްޓްމަންޓުން ހުޅުވި ޅ. ފުށިފަރު ރިސޯޓުގައި ފަސް މޫދު ކޮޓަރި އާއި 26 ބީޗް ވިލާ އަދި ޕްރައިވެޓް ޕޫލް ހިމެނޭ ގޮތަށް 18 ބީޗް ވިލާ ހިމެނެ އެވެ. މީގެ އިތުރުން މި ރިސޯޓުގައި ތަފާތު ކެއުންތައް ހިމެނޭ ރެސްޓޯރެންޓުތައް ވެސް ހުންނާނެ އެވެ.

މީގެ އިތުރުން މި ރިސޯޓުގައި މޫދު ކުޅިވަރުތަކަށް ހާއްސަ ސެންޓަރަކާއި ތަފާތު ކުޅިވަރުތައް ހުޅެވޭނެ ވަސީލަތްތައް ވެސް ހުންނާނެ އެވެ.

ޅ. އަތޮޅުގައި ރިސޯޓެއް އާ ރިސޯޓެއް ހުޅުވިއިރު އެ އަތޮޅުގައި މި އަހަރު ވަނީ އިތުރު ރިސޯޓެއްވެސް ހުޅުވާފަ އެވެ. މި ރިސޯޓާއެކު އެ އަތޮޅުގައި ހިންގާ ރިސޯޓުގެ އަދަދު ވަނީ ފަހަކަށް އަރާފަ އެވެ.