ހަބަރު

އުމްރާއަށް ދާ ވިސާއަށް އިނގިލީގެ ނިޝާން ނަގަނީ

ސާދަސަތޭކަ ތިރީސް ނުވަ ވަނަ އަހަރު އުމްރާއަށް ދާ ފަރާތްތަކުން ވިސާ ޖެހުމަށް އިނގިލީގެ ނިޝާން ބޭނުންވާ ކަމަށް ކަނޑައަޅައިފި އެވެ.

އަލް މަނާސިކް ޕްރައިވެޓް ލިމިޓެޑުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އުމްރާ ވިސާ ފުރިހަމަކުރުމަށްޓަކައި "ބަޔޯ މެޓްރިކްސް" ނަގަންޖެހޭކަމަށް ރާއްޖޭގެ ވިސާ އެޖެންޓްކަމުގައިވާ ސީޕްރިޔާ ހޮޓެލްސް އެންޑް ޓްރެވަލަސް ޕްރައިވެޓް ލިމެޓެޑުން އަންގާފައިވާ ކަމަށެވެ. އަދި ވިސާ ޖެހުމުގެ ކަންތައްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މާލޭގައި ގާއިމް ކޮށްފައިވާ ވީއެފްއެސް ތަޝީލް އިންޓަނޭޝަނަލް ސެންޓަރުން ސީޕްރިއާ މެދުވެރިކޮށް ކަމަށެވެ.

ވިސާ ޖެހުމަށް ބޭނުންވާ ފީ އާއި އިތުރު މައުލޫމާތު ފަހުން ފޯރުކޮށްދެވޭނެ ކަމަށް ސީޕްރިޔާއިން އަންގާފައިވާ ކަމަށެވެ. . ބަޔޯ މެޓްރިކްސް ނަގަން މުރާއަށް ދާ ފަރާތްތަކުން ވީއެފްއެސް ތަޝީލް ސެންޓަރަށް ދާން ޖެހޭނެ އެވެ.

މިކަމުގެ ސަބަބުން ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށްވެސް ދަތިކަން ކުރިމަތިވާނެތީ މިނޫން ގޮތަކަށް ހަމަޖެހޭތޯ އަލްމަނާސިކުން އިސްލާމިކް މިންސްޓްރީ އާއި ކަމާގުޅޭ އެންމެހައި ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެ އެވެ.

ސީޕްރިޔާއިން ވަނީ އުމްރާއަށް ފުރުމުގެ 25 ދުވަސް ކުރިން ޕާސްޕޯޓު ހަވާލުކުރަން އެދިފަ އެވެ.

މިދިޔަ އަހަރުވެސް އުމްރާއަށް ދިޔަ ބައެއް މީހުންނަށް ވިސާ ޖެހުމުގެ މައްސަލަތަކެއްވަނީ ކުރިމަތިވެފަ އެވެ. މިިދިޔަ އަހަރު އަށް ވިސާ ހަމަޖައްސާފައިދީފައިވަނީ މޯލްޑިވިއަން ހޮލިޑޭސްއިންނެވެ.