ވިޔަފާރި

ލަންޑަންގެ މަގުތަކުގައި މޯލްޑިވްސް ޓްރެވަލް އެވޯޑު!

"މޯލްޑިވްސް ޓްރެވަލް އެވޯޑު" ގެ އިޝްތިހާރުތައް މަޓާޓޯ އިން ލަންޑަނުގެ ބައެއް އެއްގަމު އުޅަނދުތަކުގައި ޖަހައިފި އެވެ.

ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ، މަޓާޓޯއިން ބުނީ މިހާރު ލަންޑަންގައި މިހާރު ކުރިއަށްދާ، ވޯލްޑް ޓްރެވަލް މާކެޓު (ޑަބްލިއުޓީއެމް) އާ ދިމާކޮށް، ކުރިއަށް ގެންދާ މާކެޓިން ކެމްޕޭންއަކީ މިގޮތަށް ކުރިއަށް ގެންދާ ފުރަތަމަ ކެމްޕޭން ކަމަށެވެ.

މަޓާޓޯ އިން ލަންޑަންގައި ކުރިއަށް ގެންދާ މާކެޓިން ކެމްޕޭންގައި ކާރުތަކާއި ބައެއް ވޭންތަކުގައި މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ފޮޓޯތަކާއި ރާއްޖޭގެ މަންޒަރުތައް ޖަހާފައިވެ އެވެ. މި ކެމްޕޭން ޑަބްލިއުޓީއެމް ނިމެންދެން ކުރިއަށް ގެންދާނެ އެވެ.

މި ކެމްޕޭން ކުރިއަށް ގެންދިޔައިރު، މަޓާޓޯއިން މީގެ ކުރިން ވަނީ ދުބާއީގައި ވެސް މޯލްޑިވްސް ޓްރެވަލް އެވޯޑު އިޝްތިހާރު ކޮށްފަ އެވެ.

ރާއްޖޭގެ ޓޫރިޒަމްގައިދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ މޯލްޑިވްސް ޓްރެވަލް އެވޯޑު، މަޓާޓޯ އިން މި އަހަރު ދީފައިވަނީ ތިން ބަޔަކަށް ކަށެވެ. ޓޫރިޒަމް ދާއިރާގައި ދާއިރާގައި ފާހަގަކޮށްލެވޭ މީހުންގެ އަގު ވަޒަންކޮށް، "ޕީޕަލްސް އެޑިޝަން" އެވޯޑެއް ދިންއިރު، ފުޅާވަމުން އަންނަ ގެސްޓްހައުސް ފަތުރުވެރިކަމަށް ހާއްސަ އެވޯޑެއް ވެސް ދީފައިވެ އެވެ. މީގެ އިތުރުން މި އެވޯޑުގެ މައިބައި އޮތީ މިމަހުގެ 30 ވަނަ ދުވަހު ހުދުރަންފުށީގަ އެވެ.