ބޯ ދުމުގެ ސަބަބުން އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ކުރިމަތިވެފައިވާ ޖައްވު ނުސާފު ވުމުގެ މައްސަލަ މިއަދު އިތުރަށް ބޮޑުވާނެ ކަމަށް ބެލެވިއްޖެއެވެ.
އިންޑިއާގެ އިކޮނިމިކް ޓައިމްސް ނޫހުން ބުނީ ދިއްލީގެ ޖައްވު ތަޣައްޔަރު ވުމުގެ މައްސަލަ މިއަދު އިތުރަށް ބޮޑުވާނެ ކަަމަަށް ބެލެވުނީ ސަރުކާރުން ގިނަަ ފިޔަވަޅުތަކެއް އަޅާފައިވާ ވަނިކޮށް ވެސް ހަރްޔާނާ ސްޓޭޓުގައި ގޮވާން ކަނޑާފައިވާ ދަނޑުތައް އެންދުމުގެ މަސައްކަތް ދަނޑުވެރިން ކުރިއަށް ކުރިއަށް ގެންދާތީ ކަމަށެވެ.
ޖައްވު ނުސާފުވެ، ދުރު ފެންނަ މިންވަރު ކުޑަ ވުމުގެ ސަބަބުން ދިއްލީއާ އެހެން ސަރަހައްދުތަކާ ދެމެދު ކުރަން އޮތް 41 ރޭލު ދަތުރެެއް މިއަދު ވަނީ ލަސްކޮށްފައެވެ. އަދި ނުވަ ދަތުރެއް އަލުން ޝެޑިއުލްކޮށްފައި ވާއިރު 10 ދަތުރެއް ވަނީ ނުކުރަން ނިންމާފައެވެ.
ދިއްލީގެ ޖައްވު ނުސާފުވުމުގެ ސަަބަބުން ރޭލު ދަތުރުތަކާއި ވައިގެ ދަތުރުތަކަށް ބުރޫ އަރާފައި ވާއިރު އިންޑިއާގެ ހެލްތު މިނިސްޓްރީން ވެސް ވަނީ އެކަމާ ގުޅިގެން ހާއްސާ އިރުޝާދެއް ދީފައެވެ. އެގޮތުން ދިއްލީގައި ދިރިއުޅޭ މީހުން ގެތަކުގައި ތިބުމަށް އެ މިނިސްޓްރީން ވަނީ އިރުޝާދު ދީފައެވެ.
ޖައްވު ނުސާފު ވުމުގެ މައްސަލަ ނިއުދިއްލީގެ އިތުރުން ޕަންޖާބު ސްޓޭޓާއި އުއްތަރު ޕްރަދޭޝް ސްޓޭޓާއި ރާޖަސްތާން ސްޓޭޓުގެ ބައެއް ސަރަހައްދުތަކަަށް ވެސް ވަނީ ކުރިމަތިވެފައެވެ. އަދި އެމައްސަލައަށް ހައްްލެއް ލިބޭ ފަދަ ގޮތަކަށް މޫސުން ލަފާ ނުކުރެވޭ ކަމަށް މޫސުމާ ބެހޭަ އިދާރާއިން ބުނުމުން އެ ސަަރަހައްދުތަކުގެ ހުރިހާ ސްކޫލްތައް ވެސް މިހާރު ވަނީ ބަންދުކޮށްފައެވެ.
އިންްޑިިއާގެ މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައި ވަނީ ޖައްވު ނުސާފުވުމުގެ މައްސަލަ މާދަމާ ހެނދުނާ ހަމައަށް ވެސް ވާނީ އިތުރަށް ގޯސް ކަމަށެވެ. އިކޮނޮމިކް ޓައިމްސް ނޫހުން ބުނީ އެގޮތަށް މޫސުން ލަފާކުރުމުން މާސްކްގަތުމަށް މީހުން އަވަސްވެގަތް ކަމަށެވެ.
ނިއުދިއްލީގެ ޖައްވު އިންތިހާއަށް ނުސާފުވުމުން އެރަށުގެ އެއާޕޯޓްގެ އެއް ރަންވޭ ވަނީ ބަންދުކޮށްފައެވެ. އެކަމުގެ ސަބަބުން 250 ދަތުރެއް ލަސްކުރަން ޖެހި، އޭގެ އަސަރު އެހެން ސަރަހައްދުތަކުގެ ދަތުރުތަކަށް ވެސް ވަނީ ކޮށްފައެވެ.