ކުޅިވަރު

މޮރީނިޔޯ މަގާމުން އިސްތިއުފާ ދީފާނެކަމުގެ ބިރު ޔުނައިޓެޑަށް

Nov 9, 2017

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިޔޯ އެ ކްލަބު ދޫކޮށްލަފާނެ ކަމުގެ ބިރު ޔުނައިޓެޑުގެ އިސްވެރިންގެ މެދުގައި އުފެދިފައިވާ ކަމަށް އިންގިރޭސި މީޑިޔާތަކުން ރިޕޯޓު ކުރަން ފަށައިފި އެވެ.

މިސީޒަން ނިމުމަށްފަހު ޔުނައިޓެޑު ދޫކޮށް ފްރާންސްގެ ޕީއެސްޖީއަށް މޮރީނިޔޯ ބަދަލުވެދާނެ ކަމަށް ބެލެވެނީ މޮރީނިޔޯއަށް މެންޗެސްޓާ ސިޓީއާއި ވާދަނުކުރެވޭނެތީ ކަމަށްވެސް ބެލެވެއެވެ. މޮރީނިޔޯ ޔުނައިޓެޑު ދޫކޮށްލަން ވިސްނާކަމުގައިވިޔަސް އޭނާ ޔުނައިޓެޑާއެކު ތިން އަހަރުދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވެއެވެ.

އިނގިރޭސި ރިޕޯޓުތަށް ބުނާގޮތުގައި ޕީއެސްޖީގެ ގަތަރު ވެރިން އަންނަނީ މޮރީނިޔޯއަށް ފާރަލަމުންނެވެ. ދާދި ފަހުން މޮރީނޮޔޯ ފްރާންސްގެ ޓީވީއަކަށް ދިން އިންޓަވުއުއެއްގައި ވަނީ ޕީއެސްޖީއަށް ތައުރީފްކޮށް ވާހަކަ ދައްކާފަ އެވެ.

މޮރީނިޔޯ ގަބޫލް ކުރާ ގޮތުގައި އޭނާގެ ޔުނައިޓެޑު ޓީމުގައި ސީޓީއާއި ވާދަކުރޭވޭ ފެންވަރުނެތެވެ. މޮރީނިޔޯ ވަނީ ޔުނައިޓެޑުގެ ބޯޑުން ކުޅުންތެރިން ގަތުމަށް އިތުރަށް ހަރަދުކުރުމަށް ޕްރެޝަރުކޮށްފަ އެވެ. ޔުނައިޓެޑުގެ ކޯޗުގެ މަގާމާ 2016 ވަނަ އަހަރު ހަވާލުވި މޮރީނިޔޯ ވަނީ މީހާތަނަށް 300 މިލިއަން ޕައުންޑު ކުޅުންތެރިން ގަތުމަށް ހަރަދުކޮށްފަ އެވެ.

މޮރީނިޔޯ ވަނީ އޭނާގެ ކޯޗިން ކެރިއަރު ޔުނައިޓެޑުގައި ނިންމާލަން ނުވިސްނާކަށް މީގެކުރިން ބުނެފައެވެ.