ވިޔަފާރި

އުރީދޫއިން އައިފޯން 10ގެ ޕްރީ އޯޑަރަށް ތައްޔާރު

Nov 11, 2017

އެޕަލް ކުންފުނީގެ އެންމެ ފަހުގެ އައިފޯން، އައިފޯން 10 "އައިފޯން އެކްސް" ޕްރީ އޯޑަރަށް ހުޅުވައިލަން ތައްޔާރު ވެއްޖެ އެވެ.

އުރީދޫން ބުނި ގޮތުގައި އެޕަލްގެ އެންމެ ފަހުގެ ފޯނު ޕްރީއޯޑަރަށް ވަރަށް އަވަހަށް ހުޅުވައިލާނެ އެވެ. އެކަން އެ ކުންފުނިން ވަނީ ސޯޝަލް މީޑިޔާގައި އިއުލާނުކޮށްފަ އެވެ. ނަމަވެސް ފޯނު ޕްރީ-އޯޑަރަށް ހުޅުވާލާ ތާރީހެއް އެ ކުންފުނިން އަދި ނުބުނެ އެވެ.

އައިފޯނު އެކްސް ޓެލެކޮމް ކުންފުނިތަކުން ގެންނައިރު، ބައެއް ފިހާރަކުން މިހާރު ވަނީ އައިފޯނު އެކްސް ގެނެސް ވިއްކަން ފަށާފަ އެވެ. މި ފޯނުގެ އަގުތައް 20،000 ރުފިޔާ އިން މަތީގަ އެވެ.

އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯނު އަށެއް ވެސް އުރީދޫން ވިއްކާފައިވެ އެވެ. މި ފޯނާއެކު އެކި ބެނިފިޓްސްތައް އެ ކުންފުނީގެ ކަސްޓަމަރުންނަށް ގެނެސްދީފައިވެ އެވެ. އަދި މި ފޯނު ގަންނަން ގިނަ ބަޔަކު އުރީދޫގެ ކައިރީގައި އެތަށް އިރަކު ކިޔޫގައި ތިއްބެވެ.