ވިޔަފާރި

އަހަރު ނިންމާލަން އެސްޓީއޯ އިން މިއޮތީ ބޮޑު ސޭލެއް ފަށާފަ!

Nov 12, 2017

އަހަރު ނިންމުމާ ދިމާކޮށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ގިނަ އިނާމުތަކާއެކު ބޮޑު ޕްރޮމޯޝަނެއް ފަށައިފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯއިން ބުނި ގޮތުގައި "އިޔާ އެންޑް ސުޕަ ސޭލް" ގެ ނަމުގައި ކުރި އަށް ގެންދާ ޕްރޮމޯޝަން އަންނަ ޖެނުއަރީ 11 ވަނަ ދުވަހާ ހަމައަށްދާނެ އެވެ. މި ޕްރޮމޯޝަންގައި 1،000ރ. އިން މަތީގެ ކޮންމެ ވިޔަފާރި އަކަށް ކޫޕަނެއް ދޭނެ އެވެ. އަދި ގުރުއަތުން ހޮވޭ މީހަކަށް ކޮންމެ ހަފުތާއަކު 10،000ރ. ގެ އަގުހުރި އިނާމެއް ލިބޭނެ ކަމަށް ވެސް އެސްޓީއޯ ބުނެފައިވެ އެވެ.

މި ޕްރޮމޯޝަންގައި 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. މި ޕްރޮމޯޝަންގައި ލިބޭ އިނާމުތަކުގެ ތެރޭގައި ހިޓާޗީ ފްރަންޓް ލޯޑް ދޮންނަ މެޝިނާއި، ހިޓާޗީ އެއާ ކޮންޑިޝަނާ، ފިލިޕްސް ޖޫސާ އަދި މަކީޓާ ޓޫލްސް އެއާ ފަދަ ސާމާނު ހިމެނެ އެވެ.

މީގެ އިތުރުން ޕްރޮމޯޝްނަގއި ކޮންމެ ހަފުތާއަކު ޕްރޮޑަކްޓްތަކުގެ އަޖުމަ ބަލައިލުމުގެ ފުރުސަތު ވެސް ދޭނެ އެވެ. މިގޮތުން ޑެމޯ ސެޝަންތައް ވެސް ހޯމްއިމްޕްރޫވްމަންޓްގައި ކުރިއަށްދާނެ އެ ކުންފުނިން ބުނެ އެވެ.

އެސްޓީއޯއަކީ ރާއްޖޭގައި އެންމެ ފުޅާކޮށް ވިޔަފާރިކުރާ އެއް ކުންފުންޏެވެ. މިގޮތުން އެ ކުންފުނީގެ ގޮފިތައް މުޅިރާއްޖޭގައި ހިންގަ އެވެ.