މޮރޮކޯ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުފާފާޅު ކުރުމަށް ބެލްޖިއަމްގައި ދިރި އުޅޭ މޮރޮކޯ ރައްޔިތުން ބްރުސެލްސްގެ މަގުތަކަށް ނިކުމެ އުޅުމުގެ ތެރޭގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައިފި އެވެ.
ރަޝިޔާގައި މިއަންނަ އަހަރު ބާއްވާ މުބަރާތަށް މޮރޮކޯ ކޮލިފައިވެފައިވީ ރަށުން ބޭރުގައި އައިވަރީ ކޯސްޓް
2-0 ބަލިކޮށްގެންނެވެ. ޔޫރަޕުގައި މޮރޮކޯ މީހުން ގިނަ ބެލްޖިއަމްގެ ވެރިރަށް ބްރުސެލްގައި މަގުތަކަށް އުފާފާޅު ކުރަން ނިކުތް މީހުން ވަނީ ފިހާރަތަކަށް ގެއްލުންދީފައެވެ. މީގެއިތުރުން ކާރުތަކާއި ބަސް ސްޓޭޝަންތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
ބެލްޖިއަމް ފުލުހުންނާއި އެއްވި މީހުންނާއި ދެމެދުވެސް ވަނީ ހަމަނުޖެހުންތަކެއް ހިންގާފައެވެ. މިހަމަނުޖެހުން ތަކުގައި ބެލްޖިއަމްގެ 22 ފުލުހަކަށް އަނިޔާވިކަމަށް ބެލްޖިއަމް މީޑިޔާތަކުން ރިޕޯޓު ކުރެއެވެ.
ބެލްޖިއަމް އެކޭ އެއްފަދައިން މޮރޮކޯ ރައްޔިތުން ގިނަ އަދަދަކަށް އުޅޭ ނެދަލެންޑް ގައިވެސް ވަނީ މޮރޮކޯ ސަޕޯޓަރުންނާއި ނެދަލެންޑްގެ ފުލުހުންނާއި ދެމެދު ހަމަނުޖެހުތަކެއް ހިންގާފައެވެ.