ހަބަރު

ޝާހްރުކް ޚާން ފޭނުން މާކެޓު ކުރުމުގައި ޗޮޕާޓް

ޗޮޕާޓުން ހަދާފައިވާ ޝާހު ފޭނުން ގްރޫޕުގެ ވީޑިއޯ

ސުޕަ ސްޓާރު ޝާހްރުކް ޚާން ފޭނުންގެ އެންމެ ބޮޑު އެއްވުމަކީ "އެސްއާރުކޭ ފެންޑަމް އެވޯޑް" ހަފުލާ އެވެ. މިއީ ޝާހުގެ ސަޕޯޓަރުން އެންމެ ފޯރި ނަގާ ރެ އެވެ. ބޮޑު ހަރަދެއް ކުރާ މި އިވެންޓު މާކެޓު ކުރުމުގައި މިވަނީ ދިވެހި ކުންފުންޏެއްގެ ދައުރު ފުޅާކޮށްފަ އެވެ. މި މަސައްކަތުގެ މާކެޓިން މެޓީރިއަލްތައް މި އަހަރު ވެސް ހަދާފައިވަނީ ރާއްޖޭގެ ޗޮޕާޓެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު، ޝާހުގެ ސަޕޯޓަރުންގެ ގްރޫޕް، އެކްސޭޔުނިވާސް އިން ބޭއްވި، އެސްއާރުކޭ ފެންޑަމް އެވޯޑް 2017 ގެ ޓްރޮފީ ވެސް ފަރުމާކުރި ޗޮޕާޓުންނެވެ. އަދި މި ވަރުން ނިމުނީ އެއް ނޫނެވެ. އެތަށް މިލިއަން މީހުން ހިމެނޭ ފޭނުގެ މި އެވޯޑުގެ ޕްރޮމޯވީޑިއޯ ވެސް ތައްޔާރު ކުރީ ހަމަ މި ކުންފުންނިންނެވެ.

ޗޮޕާޓުން ވަނީ މިދިޔަ އަހަރު ވެސް މި މަސައްކަތް ކޮށްފަ އެވެ.

ޗޮޕާޓުގެ ޑިރެކްޓަރު މިހުސޯ އަބްދުއްސައްތާރު (މިހުސޯ) ވިދާޅުވީ މިއީ އެ ކުންފުންޏަށް ލިބޭ ފަހުރެއް ކަމަށެވެ.

"މިދިޔަ އަހަރު ވެސް މި މަސައްކަތް ކޮށްދިނިން. މި އަހަރު ވެސް ކޮށްދޭން ލިބުމަކީ ފާހަގަ ކޮށްލަން ޖެހޭކަމެއް،" މިހުސޯ ވިދާޅުވި އެވެ.

ޝާހްރުކް ޚާންގެ ފޭން ޕޭޖް "އެސްކޭ ޔުނިވާސް" ހިންގުމުގެ އިސްކޮށް މަސައްކަތް ކުރަނީ ރާއްޖޭގެ މުހައްމަދު އަޝްރަފު، ޝާހް ފޭނުންގެ "މުހައްމަދު ބާއީ" އެވެ. ދެހާސް ދޭރަވަނަ އަހަރުން ފެށިގެން އޭނާގެ މަސައްކަތުން ވަނީ ދުނިޔޭގެއެކި ހިސާބުތަކުގައި ތިބި ޝާހުގެ ފޭނުން އެއްތަން ކޮށްދީފަ އެވެ.