ދުނިޔެ

ރަށްވެހިކަމުގެ މައްސަލާގަައި އޮސްޓްރޭލިއާ ޕާލަމެންޓުގެ އަށް ގޮނޑި ހުސްވެއްޖެ

އެހެން ގައުމެއްގެ ރަށްވެހިކަން އޮންނަ މީހަކަށް އޮސްޓްރޭލިއާ ޕާލަމެންޓުގެ މެމްބަރުކަަން ނުކުރެވޭ ގޮތަށް އޮންްނަ ގާނޫނު ވަޅުޖެހިފައި ވަނިކޮށް ނަގައި އަމަލުކުރަން ފެށުމުން އެ ގައުމުގެ ޕާލަމެންޓުގެ އަށް މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ އެވެ.

ރަށްވެހިކަމުގެ މައްސަލަ ބޮޑުވެފައި ވާއިރު އޮސްޓްރޭލިއާގެ ބޮޑުވަޒީރު މެލްކޮމް ޓާންބުލްގެ ޕާޓީއަށް ޕާލަމެންޓުގެ މެޖޯރިޓީވެސް ވަނީ ގެއްލިފައެވެ. އެއީ ދެގައުމުގެ ރަށްވެހިކަން އޮތުމުގެ ސަބަބުން ފާއިތުވި މަދު ހަފުތާތަކުގެ ތެރޭގައި އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވި އަށް މެމްބަރުންގެ ތެރެއިން ހަތަރު ބޭފުޅުންނަކީ އޭނާގެ ޕާޓީގެ މެމްބަރުންނަށް ވުމުންނެވެ.

އޮސްޓްރޭލިއާގެ 24 މިލިޔަން މީހުންގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ އެހެން ގައުމުތަކަށް އުފަންވެފައިވާ ނުވަތަ އެހެން ގައުމުތަކަށް އުފަން މީހުންގެ ދަރިންނެވެ. ނަމަވެސް އެފަދަ މީހުންނަށް ޕާލަމެެންޓް މެމްބަރުކަން ނުކުރެވޭ ގޮތަށް އޮންނަ ގާނޫނަށް ބޮޑު ސަމާލުކަމެއް ލިބުނީ މިފަހަރުގެ ސިޔާސީ މައްސަލަ ގަނޑުގެ ސަބަބުންނެވެ. އެ ގާނޫނަށް ހަރުކަށިކޮށް އަމަލުކުރަން ޖެހޭނެ ކަަމަށް އޮސްޓްރޭލިއާ ހައިކޯޓުން މިހާރު ވަނީ އަމުރެއް ނެރެފައެވެ.

ރަށްވެހިކަމުގެ މައްސަލައިގެ ސަބަބުން ބޮޑުވަޒީރު ޓާންބުލްގެ ލިބަރަލް ޕާޓީއަށް ބޮޑެތި މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. އެގޮތުން އިއްޔެގައި ނެގި ހިޔާލުހޯދުމުގެ ވޯޓެއްގެ ނަތީޖާ ދައްކާ ގޮތުން ވޯޓުލާމީހުން ޓާންބުލްއަށް ކުރާ ތާއީދު މިހާރު ވަނީ ވަރަށް ކުޑަވެފައެވެ. އެއީ މިހާރު ކުރިމަތިވެފައިވާ މައްސަލަތަކުގައި ހަރުދަނާ ކަމާއި އެކު ފިޔަވަޅު އެޅުއްވުމުގައި އެނާ ނާކާމިޔާބު ވެވަޑައިގެންފައިވާތީ ކަަމަށް ބެލެވެއެވެ. - ރޮއިޓާސް