ދުނިޔެ

މުމްބާއީގައި ގަންްނާނެ މީހަކު ނެތި 300000 ފްލެޓް ގިނަވެފައި

އިންްޑިއާގެ ވިޔަފާރީގެ މަރުކަޒީ ރަށް މުމްބާއީގައި މިދިޔަ އޮގަސްޓްމަހުގެ ނިޔަލަށް ރަޖިސްޓްރީ ކުރި ހަ ލައްކަ ފްލެޓްގެ ތެެރެއިން 350000 (ތިން ލައްކަ ފަންސާސް ހާސް) ފްލެޓް އަދިވެސް ހުރީ ނުވިކި ކަމަށް ފުޅާ ދާއިރާއެއްގައި ރިއަލް އެސްޓޭޓް ވިޔަފާރި ކުރާ މަލްޓި ނެޝަނަލް ކުންްފުންޏެއް ކަމަށްވާ ކުޝްމޭން އެންޑް ވޭކްފީލްޑުން ބުނެފިއެވެ.

އިންޑިއާގެ އައިޓީ ހަބް ، ބެންގަލޫރުގައިވެސް ހެޑްކުއާޓަރެއް ހުންނަ ކުޝްމޭން އެންޑް ވޭކްފީލްޑުގެ ރިޕޯޓަކާ ހަވާލާދީ ފައިނޭޝަލް އެކްސްޕްރެސް ނޫހުން ބުނީ މުމްބާއި އެ ސްޓޭޓެއްގައި އޮންނަ މަހާރާޝްތުރާގެ ރިއަލް އެސްޓޭޓް ވިޔަފާރިއާ ބެހޭ އިދާރާގައި މިދިޔަ އޮގަސްޓްމަހުގެ ނިޔަލަށް 670000 (ހަލައްކަ ހަތްދިޔަ ހާސް) ފްލެޓް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން މިހައި ތަނަށް ވިކިފައި ވަނީ 3,19,626 (ތިން ލައްކަ ނަވާރަހާސް ހަސަތޭކަ ސައްބީސް) ހައުސިން ޔުނިޓް ކަމަށް ވެސް އެ ފައިނޭންޝަލް އެކްސްޕްރެސްގެ ރިޕޯޓު ބުނެފައި ވެއެވެ.

އެހާ ގިނަ ފްލެޓްތައް ނުވިކި ހުރި އިރު، ވިކުނު ފްލެޓްތަކުގެ ބޮޑު ބަޔަކީ ކުދި ފްލެޓްތަކެވެ. އެެގޮތުންް ވިކުނު ފްލެޓުގެ 85 ޕަސެންޓަކީ އެއް ކޮޓަރި ނުވަތަ ދެކޮޓަރީގެ ފްލެޓެވެ.

ފާހަގަކޮށްލެވޭ ކަމަކީ މިހާރު ބިނާކޮށްފައިވާ ފްލެޓްތަކުގެ ގާތްގަނޑަކަށް 50 ޕަސެންޓް ނުވިކި ހުރި އިރުވެސް ފްލެޓުގެ އަގުތައް މުމްބާއީގައި ނުވެއްޓޭ ކަމެވެ. އެގޮތުން ކަލްކަތާއާއި ޕޫނާ ފަދަ ޝަހަރުތަކަށް ވުރެ މުމްބާއީގައި ފްލެޓުގެ އަގު 10 ނުވަތަ 15 ޕަސެންޓް ބޮޑެވެ.

ގަންނަ މީހުން ކުދި ފްލެޓްތަކަށް ޝައުގުވެެރި ވަނީ މުމްބާއީގެ މެޓްރޮޕޮލިޓޭން އޭރިއާގައި ގެދޮރުގެ އަގު ބޮޑުކަމުންނެވެ.