ޒިމްބާބްވޭ ސިފައިން އެގައުމުގެ ޒަމާންވީ ރައީސް ރޮބަޓް މުގާބޭއާ ދެކޮޅަށް ބަޣާވަތްކޮށް އޭނާ ހައްޔަރުކޮށްފިއެވެ.
ޒިމްބާބްވޭ ސިފައިން އެގައުމުގެ ބާރުތައް އަތުލިޔަސް އެއީ ބަގާވާތެއް ނޫން ކަމަށް އެގައުމުގެ ގައުމީ ޓީވީ މެެދުވެރިކޮށް ރޭ ބުންޏެވެ. ރައީސް މުގާބޭއާއި އާއިލާ ސަލާމަތުން ތިއްބެވި ކަމަށް ބުންޏަސް އެ އާއިލާ ތިބީ ބަންދުގައި ކަމެއް ނުވަތަ ނޫންކަމެއް އެ ބަޔާނުގައި ނުބުނެއެވެ.
ޒިމްބާބްވޭގެ ވެރިކަމުގެ ހުރިހާ ބާރެއް ސިފައިން ކޮންޓްރޯލް ކުރަމުން ދަނިކޮށް ވެރިކަން ކުރާ ޒާނޫ ޕީއެޕް ފާޓީގެ ޓްވިޓާ އެކައުންޓުން ދާދި ދެންމެ ބުނެފައި ވަނީ މުގާބޭއާއި އާއިލާ ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެބޭފުޅުން ތިއްބެވީ ސަލާމަތުން ކަަމަށް ވެސް ބުނެފައި ވެއެވެ.
ސިލްސިލާކޮށް ކުރި ޓްވީޓްތަކުގައި ބުނެފައި ވަނީ ވަގުތީ ގޮތުން ޒާނޫ ޕީއެފް ޕާޓީގެ ރައީސަކީ ދާދިފަހުން ގައުމުގެ ނައިބު ރައީސް ކަމުން ދުރުކޮށްފައިވާ ނައިބު ރައީސް ކަމަށެވެ. އަދި ބުނެފައި ވަނީ ޒިމްބާބްވޭައަކީ ވެސް އަދި ޒާނޫ ޕީއެފް ޕާޓީއަކީ ވެސް މުގާބޭއާއި އާއިލާގެ އަމިއްލަަ އެއްޗެއް ނޫން ކަަމަށެވެ.
ޒިމްބާބްވޭގައި ސިޔާސީ ހަމަނުޖެހުން އުފެދުނީ އުމުރުފުޅުން މިހާރު 93 އަހަރު ވެފައިވާ މުގާބޭއަށް ފަހު އޭނާގެ އަނބިކަނބަލުން ގްރޭސް މުގާބޭ ވެރިކަމަށް ގެންނަވަން ފިޔަވަޅުތައް އެޅުއްވުމުންނެވެ. އެގޮތުން ނައިބު ރައީސް މުނަންގަގްވާ މަގާމުން ދުރުކުރުމަކީ ސިފައިން ރުޅި އަެި މައްސަލައެވެ. މުނަންގަގްވާ އަކީ ޒިމްބާބްވޭ މިނިވަންވުމުގެ ހަނގުރާމައިގައި ބައިވެރިވެޑައިގެންފައިވާ ބޭފުޅެކެވެ.