ދުނިޔެ

ގްރީސްއަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެ 10 މީހުން މަރުވެއްޖެ

ގްރީސްގެ ވެރިރަށް އެތެންސްގެ ކައިރީގައިވާ ތިން ރަށަކަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން 10 މީހުން މަރުވެއްޖެއެވެ.

ގްރީސް އޮފިޝަލުންނާ ހަވާލާދާދީ ބީބީސީ ބުނީ ފެންބޮވެފައިވާ ތިން ރަށަށް ވެސް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށެވެ. ފެންބޮޑުވެ ގެއްލުންތައް ލިބުނީ އެތެންސްގެ ހުޅަނގުން 17 މޭލު ދުރުގައިވާ މަންދުރާ ، ނީޕެރާމޯސް އަދިި މިގާރާގައެވެ. ފެންބޮޑުވި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައި ވަނީ ތިންފޫޓަށް ވުރެވެސް ބޮޑަށެެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މަރުވި ގިނަ މީހުންނަކީ ފެންބޮޑުވުމުން ވެސް ގެއިން ނުނިކުމެވިފައި ތިބި މުސްކުޅިންނެވެ. މީހުން މަރުވުމުގެ އިތުރުން އެ ތިން ރަށުން އެތައް ބަޔަކު ޒަހަމްވެގެން ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަ އިރު އެތައް ބަޔަކު ވަނީ ގެއްލިފައެވެ.

ގްރީިސްގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭތާ މިހާރު ހަފުތާއެއްހާ ދުވަސް ވެއްޖެއެވެ. ގްރީސްގެ އިތުރުން ޔޫރަޕްގެ އެހެން ބައެއް ގައުމުތަކަށް ވެސް ވިއްސާރަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފައެެވެ