ވިޔަފާރި

ރެއިންބޯއިން މަނާގޭގެ ކޮންކްރީޓް މަސައްކަތް ނިންމާލައިފި

  • ޖުމްލަ 37 އެޕާޓްމަންޓް ހިމެނޭ
  • ނުވިކި ހުރީ ހަތަރު އެޕާޓްމަންޓް
  • ޖުލައި މަހު ފްލެޓުތައް ހަވާލު ކުރަނީ

ރެއިންބޯ އިން މާލޭގައި އިމާރާތް ކުރާ 15 ބުރީގެ، މއ. މަނާގޭގެ އިމާރާތުގެ ކޮންކްރީޓް މަސައްކަތް ނިންމާލައިފި އެވެ.

މަނާގެއަކީ ރެއިންބޯއިން އެޕާރޓްމަންޓް ވިއްކާ އުސޫލުން މާލޭގައި ފުރަތަމަ ތަރައްގީ ކުރި ލަގްޒަރީ އެޕާޓްމެންޓް ކޮމްލެކްސް އެކެވެ. މި އިމާރާތުގައި ދެ ކޮޓަރީގެ 12 އެޕާޓްމެންޓާއި ތިން ކޮޓަރީގެ 12 އެޕާރޓްމެންޓް ގެ އިތުރުން ތިން ކޮޓަރި އާއި އިތުރު ކުޑަ ކޮޓަރިއެއް ހިމެނޭ 12 އެޕާޓްމަންޓް ހިމެނެ އެވެ.

އެއް މެދު އިމާރާތެއް ގޮތަށް ތަރައްގީ ކުރާ މި އިމާރާތުގެ ކޮންމެ އެޕާޓްމަންޓަކަށް ވެސް ވަކި ރަޖިސްޓްރީއެއް ހެދޭނެ އެވެ. މި އިމާރާތުގެ ބޭސްމެންޓް ޕާކިން އާއި މަތީ ޓެރެސް ފްލޯގައި އެންމެނަށް ބޭނުން ކުރެވޭނެ ފުލީ އިކްއިޕްޑް ޖިމް އެއްގެ އިތުރުން އިންފިނިޓީ ސްވިމިން ޕޫލް އެއްވެސް ހުރެ އެވެ.

ރެއިންބޯއިން ބުނީ އިމާރާތުގެ ކޮންކްރީޓް މަސައްކަތް އެއްކޮށް ނިމިފައިވާއިރު، އަންނަ އަހަރުގެ ގެ ޖުލައި މަހުގެ ދިރިއުޅުން ފެށޭވަރު ވާނެ ކަމަށެވެ. މި އިމާރާތުގައި ހިމެނޭ 37 އެޕާޓްމަންޓް ހިމެނެ އެވެ. މި އިމާރާތުގައި މި ވަގުތު ނުވިކި ހުރީ 1300 –1295 އަކަފޫޓްގެ ތިން ކޮޓަރީގެ 4 އެޕާޓްމަންޓް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ރެއިންބޯ އިން މާލޭގައި އިމާރާތެއްގެ މަސައްކަތުގެ ބޮޑުބައެއް ނިންމައިލިއިރު، ހުޅުމާލޭގައި ވެސް ބައެއް މަޝްރޫއުތައް ދަނީ ހިންގަމުންނެވެ. އިތުރު މައުލޫމާތު ބޭނުންފުޅުނަމަ 3340420 ، 3340482 ، 7996367 އަދި 9996367 އާއި ގުޅައިގެން ކުރިޔަށް ގެންދެވުން އެދެމެވެ.