އެހެން ސިޔާސީ ޕާޓީތައް ބައިވެރިވާ އިންތިގާލީ ސަރުކާރުކާރެއް ޒިމްބާބްވޭފައި ގާއިމް ކުރަން މަސައްކަތް ފަށައިފިއެވެ.
ޒިމްބާބްވޭގެ އެސްއޭބީސީ ނޫހުން ބުނީ އިންތިގާލީ ސަރުކާރެއް ގާއިން ކުރަން ޕްރޮޕޯސަލެއް ހަދާފައިވާކަން އެނޫހަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ކަމަށެވެ.
ޒިމްބާބްވޭ ސިފައިން އެގައުމުގެ ބާރުތައް އަތުލުމަށް ފަހު އެކުލަވާލާފައިވާ ޕްރޮޕޯސަލްގައިވާ ގޮތުން އިންތިގާލީ ސަރުކާރުގެ ވެރިޔަކަށް ހުންނާނީ ދާދި ފަހުން ނައިބުރައީސް ކަމުން ވަކިކޮށްފައިވާ އެމާސަން ނަންގަގްވާއެވެ. އަދި އެ ސަރުކާރުގައި ޒިމްބާބްވޭގެ އެހެން ޕާޓީތަކުގެ ބޭބޭފުޅުން ވެސް ބައިވެރިކުރާނެ އެވެ.
މިހާރު ގޭބަންދުގައި ހުންނެވި ރައީސް ރޮބަޓް މުގާބޭއާ މެދު އަމަލުކުރާނެ ގޮތްތައް ވެސް ޕްރޮޕޯސަލްގައި ވެެއެވެ. އެގޮތުންް މުގާބޭ ގައުމު ދޫކުރައްވައި ވަޑައިގަންނަވަން އެދިވަޑައިގަންނަވާ ނަމަ އޭނާއާއި އާއިލާއަށް ރައްކާތެރިކަމާ ކު ވަޑައިގެންނެވުމުގެ ފުރުސަތު ދޭން ވަނީ ނިންމާފައެވެ.
ޒިމްބާބްވޭގައި އިންތިގާލީ ސަރުކާރެއް ގާއިމް ކުރުމުގެ ހަބަރު ފެތުރިގައި މިވަނީ އެގައުމުގެ ސިފައިން ކޮންޓްރޯލް ނެގުމުން އެމީހުންނާ މަޝްވަރާ ކުރަން ދެކުނު އެފްރިކާގެ ރައީސް ޖޭކޮބް ޒޫމާ ވަފުދެއް ފޮނުއްވާފައި ވަނިކޮށެވެ. ސިފައިން ގައުމުގެ ކޮންޓްރޯލް އަތުލި ފަހުން އެފްރިކާގެ ވެރިންގެ ތެރެއިން މުގާބޭގެ ހާލު އެންމެ ފުރަތަމަ ބެއްލެވީ ޒޫމާއެވެ. މުގާބޭ ހުންނެވީ ގޭބަންދުގައި ކަމާއި ހާލުކޮޅު ރަނގަޅުކަން ބައިނަލް އަގުވާމީ މުޖުތަމައަށް ހާމަކޮށްދެއްވީ ޒޫމާއެވެ.
ޒިމްބާބްވޭގައި ސިޔާސީ ހަމަނުޖެހުން އުފެދުނީ އުމުރުފުޅުން މިހާރު 93 އަހަރު ވެފައިވާ މުގާބޭއަށް ފަހު އޭނާގެ އަނބިކަނބަލުން ގްރޭސް މުގާބޭ ވެރިކަމަށް ގެންނަވަން ފިޔަވަޅުތައް އެޅުއްވުމުންނެވެ. އެގޮތުން ނައިބު ރައީސް މުނަންގަގްވާ މަގާމުން ދުރުކުރުމަކީ ސިފައިން ރުޅި އަެި މައްސަލައެވެ. މުނަންގަގްވާ އަކީ ޒިމްބާބްވޭ މިނިވަންވުމުގެ ހަނގުރާމައިގައި ބައިވެރިވެޑައިގެންފައިވާ ބޭފުޅެކެވެ.