ހަބަރު

މޯލްޑިވިއަން އައިޑަލްގެ މެއިން ސްޕޮންސަރަކަށް އެލައިޑް

Nov 16, 2017
1

އްޖޭގައި ބާއްވަމުން އަންނަ ފްރެންޗައިޒް ޝޯ، "މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަންގެ މެއިން ސްޕޮންސަރަކަށް ވެސް އެލައިޑް އިންޝުއަރެންސް ހަމަޖައްސައިފި އެވެ.

މޯލްޑިވިއަން އައިޑޮލް ތިނެއްގެ ޕީއެސްއެމްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ހަލީލް އެވެ. އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް އެވެ.

މޯލްޑިވިއަން އައިޑަލްގެ މި އަހަރުގެ ސީޒަންގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގެވެ.

މޯލްޑިވިއަން އައިޑަލްގެ ތިން ވަނަ ސީޒަނެއް ބާއްވާނެކަން އިއުލާނުކޮށް ބައިވެރިވުމަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.