ހަބަރު

މީހެއްގެ ކަރުގައި ވަޅި ޖައްސައި ފޭރެން އުޅެފި

މީހެއްގެ ކަރުގައި ވަޅި ޖައްސައިގެން މާލޭގައި ފޭރަން އުޅެފި އެވެ.

ސޯޝަލް މީޑިއާގައި މީހަކު އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަނީ ހަނި ގޯޅިއެއް ތެރޭގައި ސައިކަލް މަތީ އިން މީހެއްގެ ކަރުގައި އެ ގޯޅިން އައި ޒުވާނަކު ވަޅި ޖައްސައިގެން ބިރު ދައްކާ މަންޒަރެވެ.

ވަޅި ޖައްސައިގެން ބިރު ދެއްކި ނަމަވެސް އެއްވެސް ހަމަލާއެއް ދޭ ތަން ވީޑިއޯއަކުން ނުފެނެ އެވެ. އަދި އެއްވެސް އެއްޗެއް ފޭރޭ މަންޒަރެއް ވެސް ނުފެނެ އެވެ. މަންޒަރު ދުށް މީހަކު ބުނި ގޮތުގައި، އެ ގޯޅިން އެހެން މީހަކު އަންނަ ތަން ފެނުމުން އެ ޒުވާނާ ދުވެ ފިލީ އެވެ.

ބޮލުގައި ކެޕެއް އަޅައިގެން ހުރި އެ ޒުވާނާ ހޯދުމުގެ މަގުސަދުގައި ވީޑިއޯ އާންމުކޮށްފައިވާއިރު، މި މައްސަލަ މިހާރު ފުލުހުން ވެސް ދަނީ ތަހުގީގުކުރަމުންނެވެ. ނަމަވެސް މިހާތަނަށް މައްސަލާގައި މީހަކު ހައްޔަރެއް ނުކުރެ އެވެ.