ދުނިޔެ

އާޖެންޓީނާ ސިފައިންގެ ސަބްމެރީނެއް ގެއްލިއްޖެ

އާޖެންޓީނާގެ އަސްކަރީ ސަބްމެރިންއަކާ މުވާސާލާތީ ގުޅުން ކެނޑި، ވީނުވީއެއް ނޭނގިގެން ހޯދަން ފަށައިފިއެވެ.

އޭއާރްއޭ ސެން ޔުއާން ނަމަކަށް ކިޔާ އެ ސަބްމެރިން ގެއްލުނު އިރު އޭގައި ތިބީ 44 ފަޅުވެރިންނެވެ. އެ އުޅަނދު އެންމެ ފަހުން ފެނިފައި ވަނީ ސޭން ޖޯޖް ގަލްފު ސަރަހަދުން، އެ ސަރަހައްދުގެ އައްްސޭރީގެ 268 މޭލު ބޭރުން ކަމަށް އާޖެންޓީނާގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ ސީއެންއެން ބުންޏެވެ.

އެ އުޅަނދު ހޯދުމަަށް ކަނޑާއި ވައިގެ މަގުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

" ސަމްބެރިންގެ ފްރިކުއެންސީއެއް އަޑު އިވޭަތޯ ބަލައިގެން އެ އުޅަނދު ހޯދަން ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަން އާޖެންޓީނާގެ އައްސޭރި ސަރަހައްދުތަކުގައިވާ ހުރިހާ ކޮމިއުނިކޭޝަން ސެންޓަރުތަކަަކށް އަހަރެމެން މިހާރު ވާނީ އަންގާފައި، އާޖެންްޓީނާގެ ކަނޑުގެ ސިފައިން އިއްޔެގައި ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ޕީ-3 އޯރިއަން މަރުކާގެ މަތިންދާބޯޓު ބޭނުންކޮށްގެން ސަމްބެރިން ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށް އެމެރިކާގެ ނެޝަނަލް އެރޯނޯޓިސް އެންޑް ސްޕޭސް އެޖެންސީ ( ނާސާ) އިން ވަނީ ބުނެފައެވެ. ކެތަރިން ބްރައުން ނަމަކަށް ކިޔާ ނާސާގެ ތަރުޖަމާނަކު ސީއެންއެއަށް ބުނެފައި ވަނީ އެެޖެންސީގެ މަތިންދާބޯޓު މިހާރުވެސް އޮތީ އާޖެންޓީނާގައި ކަމަށެވެެ.

ސަބްމެރިން އާ މުވާސަލާތީ ގުޅުން ކެނޑުނު އިރު އެ އުޅަދނދު ދަތުރުކުރަމުން ދިޔައީ ޓިއެއާ ޑެލް ފީގޯ ނަމަކަށް ކިޔާ އާކިޕެލަގޯއިން ފުރައިގެން އެއުޅަނދުގެ މަރުކަޒު ކަމަށްވާ މާރް ޑެލް ޕްލާޓާ ނަމަކަށް ކިޔާ ރަށަަށެވެ.