ސީޒަނަށް ހާއްސަކޮށް ސޭލް އަޅުވަން އެންމެ ފަރިތައީ އޭސް ހާޑްވެއާއޭ ބުނެވިދާނެ އެވެ. އެމެރިކާގެ ފްރެންޗައިޒްގެ ރާއްޖޭގެ ގޮފީގައި އަބަދުވެ ސް ޕްރޮމޯޝަނެއް ކުރިއަށްދެ އެވެ. މިގޮތުން މިމަހުގެ ޕްރޮމޯޝަން ވެސް ހާއްސަވަނީ ކުޑަ ކުދިންނަށެވެ. މިމަހު އެ ފިހާރައަށް ދާންވީ ކުޑަކުދިން ގޮވައިގެންނެވެ. މި ޕްރޮމޯޝަންގައި މިވަނީ ކުޑަކުދިނާ ގުޅުންހުރި ސާމާނުގެ ޕްރޮމޯޝަނެއް ފަށާފަ އެވެ.
މި ސޭލްގައި އަޅުވާފައި މިވަނީ ބޮޑު ޗުއްޓީއާ ދިމާވާ ގޮތަށެވެ. މި ސޭލްގައި ކުޑަކުދިން ކުޅޭ ސާމާނު އަދި ދަތުރު ދާއިރު ގެންދަން މަޖާ އަދި ބޭނުންތެރި ތަކެތިން 50 ޕަސެންޓަށްވުރެ މައްޗަށް ޑިސްކައުންޓް ދޭނެ އެވެ.
އޭސް ހާޑްއެވާ އަދި ހޯމްސެންޓަރުގައި ވަރަށް ތަފާތު މޮޅު ބްރޭންޑް ތަކުގެ ކުޅޭ އެއްޗެތި ވިއްކަ އެވެ. މީގެ ތޭގައި ދުނިޔެ އަށް ނަން މަޝްހޫރު މެލިސާ އެންޑް ޑޯ އާއޮ މެޓަލް ޓޯއިސް އަދި ފިޝަރ ޕްރައިސްގެ އިތުރުން ޕިކްސާ އަދިޓޮމީ އާއި ޑިސްނީ އަދި ބާބީ ފަދަ ބްރޭންޑްތައް ހިމެނެ އެވެ. މީގެ ތެރެއިން ދިވެހިންގެ ތެރޭގައި ވެސް ނަން މަޝްހޫރު ފިޝަރޕްރައިސް ބްރޭންޑް ގެ ތުއްތު ކުދިންނަށް ބޭނުން ކުރާ ރޮކަރ އަދި އުނދޯލި ފަދަ ތަކެތީގައިވެސް ހީވެސް ނުކުރާ ފަދަ ރަގަޅު ޑިސްކައުންޓު ތަކެއް އަޅުވަ އެވެ.
އޭސް ހާޑްވެއިން ގަބޫލު ކުރަނީ މި ޕްރޮމޯޝަނަކީ ބެލެނިވެރިނަށް ވެސް އަދި ކުދިންނަށް ވަރަށް ކަމުދާނެ ޕްރޮމޯޝަނެއް އަކަށް ވާނެ ކަމަށެވެ. ރިޕޯޓު ލިބި ރަނގަޅު ވަނަ ކިޔެވުމުގައި ހޯދުމުން އެ ޝަރަފު އަދި ހިއްވަރު ކުއްޖާއަށް ދިނުމަށް ދިވެހިން އަބަދުވެސް ކުދިންނަށް ހަދިޔާދެ އެވެ.