ކުޅިވަރު

ޔުވެންޓަސް ބަލިވިއިރު ބުފޮން ހުރީ ބެންޗުގައި

Nov 20, 2017

ގޯލްކީޕަރު ޖިއާންލުއީޖީ ބުފޮން އާއި ޑިފެންޑަރު އަންޑްރެއާ ބަރުޒާޔާއީ ބެންޗުން ފުރުސަތު ދިން މެޗުގައި ސަމްޕްޑޯރިއާ އަތުން 3-2 ން ޔުވެންޓަސް ބަލިވެއްޖެ އެވެ.

މިދިޔަ ހަފުތާގައި އިންޓަނޭޝަނަލް ބްރޭކްގައި ވޯލްޑްކަޕްގެ ޕްލޭ އޮފް ބުރުން ސްވިޑެން އަތުން އިޓަލީ އަށް މޮޅު ނުވެވުމުން ވޯލްޑްކަޕްގެ ފުރުސަތު ގެއްލުމުން، ބުފޮން އާއި ބަރުޒާޔައީ ވަނީ ގައުމީ ޓީމުން ރިޓަޔާ ކޮށްފަ އެވެ. ވަރުގަދަ ދެ މެޗު ކުޅެފައި އައުމުން، ޔުވެންޓަސްގެ ކޯޗް މަސިމިލިއާނޯ އެލެގްރީ ނިންމީ އެ ދެ ކުޅުންތެރިންނަށް ރެސްޓް ދިނުމުގެ ގޮތުން ދެ ކުޅުންތެރިން ނަށް ރެސްޓް ދޭ ށެވެ.

ސަމްޑޯރިއާއިން ތިން ލަނޑުގެ ލިޑެއް ނެގީ ޒަޕަޓާ އާއި ލޫކަސް ޓޮރައިރާ ޖިއާންމާކޯ ފިރާރީ ކާމިޔާބު ކުރި ލަނޑު ތަކުން ނެވެ. ޔުވެންޓަސްގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ މެޗުގެ 90 މިނެޓް ހަމވުމުން އިތުރަށް ދެއްކި ވަގުތުގެ ތެރޭގައެވެ. ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ގޮންޒާލޯ ހިގުއައިން ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ޕައުލޯ ޑިބާލާ އެވެ.

ޔުވެންޓަސް ބަލިވުމުގެ ފައިދާ ނެގީ އިންޓަމިލާނުން ނެވެ. އެޓަލާންޓާ އާ ދެކޮޅަށް ކުޅުނު މެޗު 2-0 ކާމިޔާބު ކޮށް އެޓީމު ވަނީ ތާވަލުގެ ދެ ވަނަ އަށް ޖެހިލާފަ އެވެ. އެ ޓީމުގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ ކެޕްޓަން އިކާޑީ އެވެ.

އެއް ވަނައިގައި އޮތް ނަޕޯލީ އާއި ދެ ވަނައިގައި އޮތް އިންޓަ މިލާން ވެސް އަދި މިހާތަނަށް އެއްވެސް މެޗަކުން ބަލި ވެފައެއް ނުވެ އެވެ. ނަޕޯލީ އެއް ވަނައިގައި އޮތީ ދެ ޕޮއިންޓްގެ ލީޑާކާ އެކު އެވެ. އެ ޓީމަށް ލިބިފައި ވަނީ 35 ޕޮއިންޓެވެ. އިންޓަ މިލާން ރޭ މޮޅުވުމުން 33 ޕޮއިންޓެވެ. ޔުވެންޓަސް އަށް 31 ޕޮއިންޓެވެ.