އިންގިރޭސި ޕްރިމިއާ ލީގު ކްލަބް ވެސްޓް ބްރޮމިޗް އަލްބިއަންގެ ކޯޗުގެ މަގާމުން ޓޯނީ ޕިއުލިސް ވަކިކޮށްފި އެވެ.
ޕިއުލިސްގެ އިރުޝާދުގެ ދަށުން ވެސްޓް ބްރޮމްއިން ނެރެފައިވާ ނަތީޖާތަށް ވަރަށް ދަށެވެ. އެޓީމު އިންގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު 21 މެޗުން އެޓީމު މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ. މިނަތީޖާ ތަކުގެ ސަބަބުން ވެސްޓް ބްރޮމް އޮތީ ރެލިގޭޝަން ޒޯނަށް ވުރެ އެންމެ މަގާމެއް މަތީގަ އެވެ. އަދި އެޓީމާއި ރެލިގޭޝަން ޒޯނާއި ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތެވެ.

މީޑިޔާއިން ޕިއުލިސް މަގާމުން ވަކިކުރުމާއި ގުޅިގެން ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ ކޯޗުގެ ގޮތުގައި އޭނާއަށް ކްލަބްގެ ވެރިން ފުރުސަތު ދީފައިވި ވާކަމަށާއި އެއްވެސް ސަކުވާއެއް ނެތްކަމަށެވެ. ކްލަބްގެ ނިންމުމަކީ ރަނގަޅު ނިންމުމެއްތޯ ސުވާލުކުރުމުން ޕިއުލިސް ބުނެފައިވަނީ ކްލަބަގެ މުސްތަގްބަލަށް އެންމެ ރަނގަޅު ގޮތަކީ އަބަދުވެސް ރަނގަޅު ނިންމުމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
އާ ކޯޗެއް ހޯދުމުގެ މަސައްކަތް ވެސްޓް ބްރޮމްއިން ފަށާފައިވާއިރު އެޓީމަށް އާ ކޯޗެއް ހަމަޖެއްސެންދެން ޓީމުގެ ކޯޗުގެ މަގާމުގައި ހުންނާނީ ޓީމުގެ އެސިސްޓެންޓް ކޯޗު ގެރީ މެގްސަން ކަމަށްވެސް ވެސްޓް ބްރޮމްއިން ވަނީ އިއުލާން ކޮށްފަ އެވެ.
ވެސްޓް ބްރޮމް އެންމެ އަވަހަށް ޕްރިމިއާ ލީގުގައި ކުޅޭ މެޗުގައި ބައްދަލުކުރާނި އަންނަ ހޮނިހިރު ދުވަހު ޓޮޓެންހަމް އާއި ދެކޮޅަށެވެ.