ޖެނުއަރީ ޓްރާންސްފާގައި ބާސެލޯނާއިން އާސެނަލްގެ މެސަޓް އޮޒިލް އެޓީމަށް ގެނައުމުގެ މަސައްކަތް ފަށާފައި ވާކަމަށް ސްޕެއިން އަދި އިންގިރޭސި މީޑިޔާތަކުން ރިޕޯޓްކޮށްފި އެވެ.
ސީޒަން ފެށުމުގެ ކުރިން ބާސާއިން ގެއްނަން މަސައްކަތް ކުރި ލިވަޕޫލް އަދި ބްރެޒިލްގެ އެޓޭކިން މިޑްފިލްޑަރު ޕިލިޕް ކުޓީނިއޯ ސޮއި ކުރުމަށް އެތަށް ފަހަރެއްގެ މަތިން ބާސާއިން މަސަތްކަތް ކުރި ނަމަވެސް ލިވަޕޫލްއިން ވަނީ އެކަމަށް ހުރަސް އަޅާފަ އެވެ.
އާސެނަލްގައި އޮޒިލްގެ ކޮންޓްރެކްޓް ހަމަވާން ކާރިވެފައިވާއިރު އޮޒިލް ވަނީ މިހާތަނަށް އާސެނަލްއިން އޭނާއަށް ހުޝައެޅި ކޮންޓްރެކްޓަށް ނޫނެކޭ ބުނެފައެވެ. އޮޒިލް އާސެނަލް އާއި އެކު ހަދާފައިވާ ކޮންޓްރެކްޓު މިސީޒަން ނިމޭތަނަށް ހަމަވާނެ އެވެ.
އޮޒިލްގެ ކޮންޓްރެކްޓް ހަމަވާން ކައިރިވެފައިވުމުން ބާސާގެ ބޯޑުން ގަބޫލުކުރާ ގޮތުގައި އެޓީމަށް އޮޒިލް ސޮއި ކުރަން ފަސޭހަވާނެ އެވެ. ސަބަބަކީ އޮޒިލްގެ ކޮންޓްރެކްޓް ހަމަވާން ކާރިވެފައި ވުމުން އާސެނަލްއިން އޭނާ ފްރީ ޓްރާންސްފާ އެއްގައި ދޫކޮށްލަން ބޭނުން ނުވާތީ އެވެ.
ބާސާގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ވެސް އަންނަނީ އޮޒިލް ޔުނައިޓެޑަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.