ވިޔަފާރި

ރާއްޖެއަށް ހާއްސަ އަތުކުރީ ގަޑިއެއް!

Nov 21, 2017
3
  • ވިއްކަނީ ރަންދެލި ރިސޯޓުން
  • ރާއްޖޭގެ ރީތި ކުލަތައް ހިމަނާފައިވޭ
  • ދެ ޖިންސުގެ މީހުނަށް ހާއްސަ
ހޫބްލޯއިން ރާއްޖޭގެ ކުލަތައް ހިމަނައިގެން ނެރުނު ގަޑި--

ގަޑި އުފެއްދުމުގައި މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހޫބްލޯއިން ރާއްޖޭގެ ކަނޑުގެ އަޑީގެ ކުލަތައް ބޭނުންކޮށްގެން އަތުކުރީ ގަޑިއެއް އުފައްދައި ނެރެފި އެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް އިތުރަށް ޕްރޮމޯޓްވެގެން އަންނާނެ ރީތި ގަޑިއަކަށް ވާނެ އެވެ.

ބޭރުގެ ނޫސްތަކުގައިވާ ގޮތުން، ހޫބްލޯ އާއި ރާއްޖޭގައި ރިސޯޓު ހިންގާ، ޝެވަލް ބްލޭންކް ރަންދެލިން ރިސޯޓު ގުޅިގެން ނެރެފައިވާ ގަޑި ހާއްސަ ކޮށްފައި ވަނީ ދިވެހި ރާއްޖެއަށެވެ.

"ކްލެސިކް ފިއުޝަން ސްޕެޝަލް އެޑިޝަން ޝެވަލް ބްލޭންކް ރަންދެލި" ރިސޯޓުގެ ނަމުންނަން ދީފައިވާ މި ގަޑި މި ވަގުތު ލިބެން ހުރީ ނ. އަތޮޅުގައި ހިންގާ، ބްލޭންކް ރަންދެލިން ރިސޯޓުގައި އެކަންޏެވެ.

ހޫބްލޯ އިން ބުނި ގޮތުގައި ރާއްޖޭގެ ކަނޑު އަޑީގެ ނޫކަލަ އާއި ވިލު- ނޫކުލަ، މޫނުމަތީގައި ހިމަނައިގެން އުފައްދާފައިވާ މި ގަޑިން ރަމްޒުކޮށްދޭނީ ރާއްޖޭގެ ސާފު އުޑާއި މޫދުގެ ރީތި ކަމާއި އޭގެ ކުލަތަކެވެ. މީގެ ދެ ޖިންސަށް ހާއްސަ ކުރެވިފައިވާ ގަޑިއެއް ވެސް މި ސީރީޒްގައި ހިމަނާފައި ވެއެވެ.

މީގެ ކުރިން ޗައިނާ ކުންފުންޏަކުން ވަނީ "މޯލްޑިވްސް ބުލޫ" ގެ ނަމުގައި ސްމާޓް ފޯނެއް ވެސް ނެރެފަ އެވެ.