މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

ވީއައިޕީ އުމްރާއަށް ރަޖިސްޓްރީ ކުރަން ހުޅުވާލައިފި

ހައްޖު ކޯޕަރޭޝަންގެ އަންނަ އަހަރުގެ ޖެނުއަރީ މަހު އަދި މާޗު މަހު އޮންނަ ވީއައިޕީ އުމްރާ ދަތުރުތަކުގަި ރަޖިސްޓްރީވާން ބޭނުންވާ ފަރާތަތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ހައްޖު ކޯޕަރޭޝަނުން މިއަދު ބުނީ ޖެނުއަރީ މަހު އޮންނަ އޮންނަ އުމްރާ ދަތުރަކީ 15 ދުވަހުގެ ދަތުރެއް ކަމަށެވެ. ޖެނުއަރީ މަހު އޮންނަ އުމްރާ ދަތުރުގެ އަގަކީ 21,965 ރުފިޔާ އެވެ. ހައްޖު ކޯޕަރޭޝަނުން ބުނީ އަންނަ ޖެނުއަރީ އެކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދާން އަންނަ ޑިސެމްބަރު މަހުގެ 21 ކުރިން ރަޖިސްޓްރީ ކުރުމާއި ފައިސާ ދައްކަން ވާނެ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން އުމްރާ ދަތުރުތަކަށް ހާއްސަ ޑިސްކައުންޓެއް ދޭންވެސް ވަނީ ނިންމާފަ އެވެ. އެގޮތުން ހަތަރު މީހުންގެ ގުރޫޕެއް ނުވަތަ އާއިލާއެއް ރަޖިސްޓްރީ ކުރުމުން ކޮންމެ މީހަކަށް 1،000 ރުފިޔާގެ ޑިސްކައުންޓެއް އަދި 10 މީހުންގެ ގްރޫޕަކުން ރަޖިސްޓްރީ ކުރުމުން ރަޖިސްޓްރީ ކުރާ ފަރާތަށް އަގުގެ 50 ޕަސަންޓު ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ. އުމުރުން 12 އަހަރުން ދަށުގެ ކުދިންނަށްވެސް ހާއްސަ ޑިސްކައުންޓެއް ދޭން ވަނީ ނިންމާފަ އެވެ. އަދި އުމްރާ ކިޓް ބޭނުންނުވާކަމުގައިވާނަމަ 1،000.00ރ އުމްރާ ކިޓުގެ ޑިސްކައުންޓުގެ ގޮތުގައި ލިބޭނެ ކަމަށެވެ.

ޕެކޭޖްގައި ފޯރުކޮށްދެވޭނެ ހިދްމަތްތައް:

  • އުމްރާ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
  • ސައުދީ އަރަބިއްޔާގެ ދެކޮޅު ޓިކެޓް
  • އުމްރާ ވިސާ
  • ޢުމްރާ ތަމްރީން ޕްރޮގްރާމް
  • ވެކްސިން ޖެހުމުގެ ހިދްމަތް
  • ދެ އުމްރާ ކުރުމުގެ ފުރުސަތު
  • 15 ދުވަހުގެ ހުރުމާއި ކެއުން (ދިވެހި ކެއުން)
  • މަދީނާއަށް ޒިޔާރަތް ކުރުން
  • މައްކާ އަދި މަދީނާގެ ބަސްދަތުރުތައް
  • މައްކާ އަދި މަދީނާގެ މުހިންމު ތަންތަނަށް ޒިޔާރަތް ކުރުން
  • 05 ލީޓަރުގެ ޒަމްޒަމް ފެން ފުޅިއެއް

މާޗު މަހު އޮންނަ ވީއައިޕީ އުމްރާ ދަތުރުގެ މުއްދަތަކީ 10 ދުވަހެވެ. އެ ދަތުރުގެ ތިން އަގެއް އުޅެ އެވެ. އެއީ ބެޑް އެންޑް ބްރެކްފަސްޓް (ހެނދުނުގެ ސައި އެކަނި) އެކަނި ލިބޭ ޕެކޭޖުގެ އަގަކީ 41,965 ރުފިޔާ އެވެ. އަދި ހެނދުނުގެ ސަޔާއި ރޭގަނޑުގެ ކެއުން ހިމެނޭ ޕެކޭޖުގެ އަގަކީ 46،965 ރުފިޔާ އެވެ. އަދި ހުރިހާ ގަޑިއެއްގެ ކެއުން ހިމެނޭ ޕެކޭޖުގެ އަގަކީ 51،965 ރުފިޔާ އެވެ.

ވީއައިޕީ ޕެކޭޖުގެ ދަށުން އުމްރާ އަށް ދާ ފަރާތްތަކަށް ފޯރުކޮށްދެވޭނެ ހިދްމަތްތައް:

  • ދުވަހުގެ ހުރުން ގަޑި ޓަވަރުގައި (ފަސް ތަރި ހޮޓަލުގައި)
  • 10 ދުވަހުގެ ކެއުން (ހޮޓަލުގެ އިންޓަނޭޝަނަލް ބުފޭ)
  • މައްކާ އަދި މަދީނާގެ ބަސްދަތުރުތައް (ފެންވަރު ރަނގަޅު ބަސްތަކުގައި)
  • އުމްރާ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
  • ސައުދީ އަރަބިއްޔާގެ ދެކޮޅު ޓިކެޓް
  • އުމްރާ ވިސާ
  • އުމްރާ ތަމްރީން ޕްރޮގްރާމް
  • ވެކްސިން ޖެހުމުގެ ހިދްމަތް
  • ދެ އުމްރާ ކުރުމުގެ ފުރުސަތު
  • މަދީނާއަށް ޒިޔާރަތް ކުރުން
  • މައްކާ އަދި މަދީނާގެ މުހިންމު ތަންތަނަށް ޒިޔާރަތް ކުރުން
  • 05 ލީޓަރުގެ ޒަމްޒަމް ފެން ފުޅިއެއް އަދި އެހެނިހެން އިތުރު ހިދުމަތްތައް

މާޗު މަހުގެ ވީއައިޕީ އުމްރާ ދަތުރުގައި ރަޖިސްޓްރީކުރުމާ ފައިސާ ދެއްކެމުގެ އެންމެ ފަހު ތާރީހަކީ 31 ޖަނަވަރީ 2018 ގެ 14:30 އެވެ. އުމްރާއަށް ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފޯމް ފުރުމަށްފަހު އެކޯޕަރޭޝަންގެ އޮފީހުންނާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބްރާންޗްތަކުން ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ. އަދި އެކޯޕަރޭޝަންގެ "ފަހެލި" އޮންލައިން ޕޯޓަލް މެދުވެރިކޮށްވެސް ރަޖިސްޓްރީކޮށް ފައިސާ ދެއްކޭނެ ކަމަށެވެ.

ފޯމު ހުށަހަޅާއިރު މަދުވެގެން 5,000 ރުފިޔާ ދައްކައިގެން ރަޖިސްޓްރީކުރެވޭނެ ކަމަށެވެ. އަދި ބާކީ ފައިސާ ކޮންމެ ދަތުރެއްގެވެސް ރަޖިސްޓްރީ ކުރުމާއި ފައިސާ ދެއްކުމުގެ އެންމެ ފަހު ތާރީހުގެ ކުރިން ދައްކާ ހަލާސް ކުރެވޭނެ ކަމަށެވެ.

މި ޕެކޭޖްތަކުގެ އިތުރުން، ހައްޖު ކޯޕަރޭޝަނުން ދަނީ އަހަރުގެ އެކި ދުވަސްތަކަށް ބަހައިލައިގެން ތަފާތު އުމްރާ ދަތުރުތަކެއް ކުރިއަށް ގެންދަމުންނެވެ. އަދު ކުރިއަށް ހުރި އަހަރު ތަކުގެ އުމްރާ ދަތުރުތަކަށް ރަޖިސްޓްރީކޮށް ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތުވެސް ވަނީ އެ ކޯޕަރޭޝަނުން ވަނީ ހުޅުވާލާފަ އެވެ.