ދުނިޔެ

ބޮސްނިޔާގައި ގަތުލުއާއްމު ހިންގިކަމުގެ ކުށުގައި މުލަޑިޗް އުމުރަށް ޖަލަށް

ބޮސްނިޔާ ހަނގުރާގައި މުސްލިމުންނާ ދެކޮޅަށް ގަތުލު އާއްމުތައް ހންގުމުގައި ބައިވެެރިވިކަމު ކުށް ސާބިތުވެ، ސާބުންގެ އޭރުގެ ޖެނެރަލް ރަޓްކޯ މުލަޑިޗް އުމުރު ދުވަހަށް ޖަލަށްލާން ބައިނަލް އަގުވާމީ ޖިނާއީ ކޯޓުން ހުކުމްކޮށްފިއެވެ.

' ބޮސްނިއާގެ ގާތިލު' ގެ ގޮތުގައި މަޝްހޫރުވެފައިވާ މްލަޑިޗްގެ މައްޗަށް ސާބިތުވި އެއް ކުށަކީ 1995 ވަނަ އަހަރު ބޮސްނިއާގެ ސްރެބްރެނިކާ ނަމަކަށް ކިޔާ ރަށުގައި މުސްލިމް ފިރިހެނުންނާއި ފިރިހެން ކުދިން ހިމެނޭ ގޮތުން 7000 މީހުން މެރި ކަމުގެ ކުށެވެ. އަނެއް ކުށަކީ ބޮސްނިޔާގެ ވެރިރަށް ސަރަޔޭވޯ ހިސާރުކޮޮށްގެން ސާބުން ތިބި އިރު އެރަށުން 10000 މީހުން މަރައިލި ކަމުގެ ކުށެވެ.

މްލަޑިޗަށް ކުރި ހުކުމް ކިޔަން ފެށުމުން އޭނާ ވަނީ ކޯޓުގައި ހަޅޭއްލަވާފައެވެ. އެހެންވެ އޭނާ އެކޯޓުން ޖެހުނީ ބޭރުކުރާށެވެ.

މްލަޑިޗަށް ހުކުމްކޮށްފައި މިވަނީ ބޮސްނިޔާ ހަނގުރާމައިގައި ހިންގި ޖަރީމާތައް ބަލަން އދ. އިން އުފެއްދި ޓްރައިބިއުނަލް އަކުން އޭނާއާ ދެކޮޅަށް ދައުވާ އުފުލިތާ 20 އަހަރު ފަހުންނެވެ.

ބޮސްނިޔާ ހަނގުރާމައިގައި މްލަޑިޗްގެ ދަށުގައި 180000 ނަސާރާ ސާބު ސިފައިން ތިއްބެވެ. އިންސާނިއްޔަތާ ހިލާފު ގިނަ ޖަރީމާތަކެއް ހިންގި އެ ހަނގުރާމަ ފެށީ އޭރު އޮތް ޔޫގޯސްލާވް ފެޑެރޭޝަނުން ވަކިވެ މިނިވަން ދައުލަތަކަށް ވުމަށް ބޮސްނިއާގެ މުސްލިމުންނާއި ކްރޮއޭޓުން 1992 ވަަނަ އަހަރު ، ފެންނަ ނުފެންނަ ވޯޓަކުން ފާސްކުރުމުންނެވެ. - ބީބީސީ