އިޓަލީގެ ސޭރިއާ ގައި މި ސީޒަންގައި ލީޑް ކުރަމުން އަންނަ ނަޕޮލީއަށް ވުރެ އެއް މެޗު އިތުރަށް ކުޅެ އިންޓަ މިލާންއިން އިން ތާވަލުގެ އެއް ވަނައަށް ޖެހިލައިފި އެވެ. ކަލިއަރީ ކަލްޗޯއާ ދެކޮޅަށް ރޭ ކުޅުނު މެޗު އިންޓަ ކާމިޔާބު ކުރީ 3-1 ން ނެވެ.
ރޭގެ މެޗުގައިވެސް އިންޓަގެ ތަރިއަކަށްވީ އެ ޓީމުގެ ކެޕްޓަން މައުރޯ އިކާޑީ އެވެ. އޭނާ ވަނީ ރޭގެ މެޗުގައި ދެ ލަނޑު ޖާހަފަ އެވެ. ޔޫރަޕްގެ ގަދަ ފަސް ލީގްގެ ޓީމުތަކުގެ ޓޮޕް ސްޓައިކަރުންގެ ތެރެއިން މި ސީޒަންގައި އެންމެ ރަނގަޅު ޓްރެކެއްގައި ހިފަހައްޓަމުން އަންނަ އެއް ކުޅުންތެރިޔަކީވެސް އިކާޑީ އެވެ.
އިންޓަގެ ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 29 ވަނަ މިނެޓްގައެވެ. އޭނާ ލަނޑު ކާމިޔާބު ކުރީ އީވާން ޕެރިސިޗް ތަނަވަސްކޮށްދިން ބޯޅަ އަކުންނެވެ. އިންޓަގެ ދެ ވަނަ ލަނޑު 58 ވަނަ ކާމިޔާބު ކުރީ މާސެލޯ ބްރަޒޯވިޗް އެވެ.
މެޗުގެ 71 ވަނަ މިނެޓްގައި ކަލިއަރީގެ ލިއަނާޑޯ ޕަވޮލޭޓީ ވަނީ އެ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްފަ އެވެ. އިންޓަގެ ތިން ވަނަ ލަނޑު އިކާޑީ ކާމިޔާބު ކުރީ 83 ވަނަ މިނެޓްގައެވެ.
އިންޓަ އެއްވަނައިގައި އޮތީ 36 ޕޮއިންޓާއެކު އެވެ. ނަޕޯލީއަށް 35 ޕޮއިންޓެވެ. މިރޭ ނަޕޯލީ އުޑިނޭޒީ އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން އެއް ވަނައިގައި ދެ ޕއިންޓްގެ ލީޑެއް ލިބޭނެ އެވެ.