އޮފްބީޓް

ޕްރިންސް ހެރީ އެންގޭޖުވެއްޖެ

Nov 27, 2017

ޕްރިންސް ހެރީ އާއި އޭނާގެ ލޯބިވެރިޔާ އެމެރިކާގެ ޓީވީ ތަރި މާކަލްއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އިއުލާނު ކުރެއްވި ފަހުން ޝާހީ އާއިލާއިން އެންމެ އިންތިޒާރު ކުރަމުންދިޔައީ ޕްރިންސް ހެރީ ކައިވެނި ބައްލަވައިގަންނާނެ ދުވަހަކަށެވެ. އޭގެ މާގިނަ ދުވަސްތަކެއް ނުވަނީސް ޕްރިންސް ހެރީ މިވަނީ އެންގޭޖްވިކަން އިއުލާނުކުރައްވާފަ އެވެ.

ޓުވިޓާ މެދުވެރިކޮށް ޕްރިންސް ހެރީ ވަނީ މިއަދު ރަސްމީކޮށް މާކަލްއާ އެންގޭޖުވެފައިވާކަން އިއުލާނުކޮށްފަ އެވެ. މިމަހުގެ ކުރީކޮޅު ޕްރިންސް ހެރީ އާއި މާކަލް އެންގޭޖުވެފައިވާ ކަމަށްވެ އެވެ. ކައިވެނި ބައްލަވައިގަންނަން ހަމަޖެހިފައިވަނީ އަންނަ ސްޕްރިންގްގަ އެވެ.

ޕްރިންސް ހެރީ އާއި މާކަލްގެ ގުޅުމަކީ ވަރަށް ސިއްރުން ކުރިއަށް ގެންދިޔަ ގުޅުމެއް ކަމަށް ހަބަރުތައް ބުނެ އެވެ. އެ ގުޅުން އާންމުކޮށްފައި ވަނީ މިދިޔަ އަހަރުގެ މެދު ތެރޭގައި ކަމަށްވެ އެވެ. އެހެން ނަމަވެސް އެ ޖޯޑު އެކުގައި ފުރަތަމަ ފަހަރަށް ފެނިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ޕްރިންސް ހެރީ މީގެ ކުރިން ކައިވެނި ބައްލަވައިގެންފައި ނުވި ނަމަވެސް މާކަލް ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފަ އެވެ. ކުރިން އޭނަ ކައިވެނިކޮށްފައިވަނީ އެމެރިކާގެ ޓީވީ ތަރި ޓްރެވާ އެގަލްސަންއާ އެވެ. އަދި މިހާރު އަންނަނީ މާކަލްގެ ކައިވެންޏަށްފަހު ކުދިން ބަލަހައްޓާނެ މީހަކާ ގުޅޭގޮތުން ޓްރެވާއާ މަޝްވަރާކުރަމުން ކަމަށް ހަބަރުތައް ބުނެފަ އެވެ. ޕްރިންސް ހެރީ މީގެ ކުރިން ލޯބީގެ ގޮތުން ގުޅިފައިވަނީ ދެ މީހަކާ އެވެ. އެއީ ޗެލްސީ ޑޭވީ ނަމަކަށްކިޔާ އަންހެނަކާއި ބޯނަސް ނަމަކަށްކިޔާ މީހަކާ އެވެ. ބޯނަސްއާ ރުޅިވެފައިވަނީ 2014 ވަނަ އަހަރު އެވެ.