ވިޔަފާރި

ރާއްޖޭގައި ކަސްޓަމާ އެކްސްޕީރިއަންސް ކޮންފަރެންސެއް ބާއްވަނީ

Nov 28, 2017

ހިދުމަތް ހޯދަން އަންނަ ކަސްޓަމަރުންނާއި ކުންފުނިތަކާ އޮންނަ ގުޅުންތަކާ ބެހޭ ގޮތުން، ރާއްޖޭގައި ފުރަތަމަ ކޮންފަރެންސެއް ބާއްވަން ތައްޔާރު ވެއްޖެ އެވެ.

"ކަސްޓަމާ އެކްސްޕީރިއަންސް ކޮންފަރެންސް"ގެ ނަމުގައި އަންނަ މަހުގެ ހަތަރު ވަނަ ދުވަހު މި ކޮންފަރެސް ބާއްވަނީ ޕެރަޑައިސް އައިލެންޑް ރިސޯޓުގަ އެވެ.

މި ކޮންފަރެންސް އިންތިޒާމު ކުރަނީ ކަސްޓަމާ އެކްސްޕީރިއަންސް ފައުންޑޭޝަން މޯލްޑިވްސް އިންނެވެ.

މި ކޮންފަރެންސުގައި ބޭރުގެ ކަމާ ބެހޭ މާހިރުން މައުލޫމާތު ދޭނެ އެވެ. މި ކޮންފަރެންސް ޗެއާ ކުރައްވާނީ ކޮންފަރެންސް ޗެއާމަން އޮފް ކަސްޓަމާ އެކްސްޕީރިއަންސް ފައުންޑޭޝަން އެންޑް އިންސްޓިޓިއުޓް (ސީއެކްސްއެފްއޯ) ގެ މޮރިސް ޕެންޓެލް އެވެ.

މައުލޫމާތު ދޭ ފަރާތްތަކުގެ ތެރޭގައި، ޗީފް އިންފޮމޭޝަން އޮފިސާ ފޯ ސްޓޭންޑާޑް ޗާޓާޑް ބޭންކުގެ ދާތޯ އާރިފް ސިއްދީގާއި ސީނިއާ ޑައިރެކްޓާ ކަސްޓަމާ ކެއާ ފޯ ޒައިން ޓެލެކޮމްސް ސީނިއާ ވަފާ ހަމޫދީ އާއި
އޮފިޝަލް ލިންކްޑްއިން ސޮލިއުޝަންސް ޕާޓްނާ ޓެލެންޓް، މާކެޓިން އެންޑް ސޭލްސް އަނަސް އަލްމާރީގެ އިތުރުން ޗީފް އިވާންޖެލިސްޓް އޮފް އޯޕަން މާކެޓް އޮއިސިން ލަނީ ހިމެނެ އެވެ. މީގެ އިތުރުން ޑިރެކްޓާ އޮފް މާކެޓް އެންގޭޖްމަންޓް ފޯ ޓެލެޕާފޯމެންސްގެ ވިލިއަމް ކާސަން އާއި ޗީފް އިވާންޖެލިސްޓް އޮފް އޯޕަން މާކެޓްގެ އޮއިސިން ލަނީ ވެސް މައުލޫމާތު ދެއްވާނެ އެވެ.