ދުނިޔެ

އުތުރު ކޮރެއާއިން އެމެރިކާއަށް ހަމައަށް ފޯރާވަރު މިސައިލެއް

އުތުރުކޮރެއާއިން މިއަދު ޓެސްޓް ކުރި އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ޖައްވުގެ ތެރެއަށް އެތައް ހާސް މޭލެއްގެ އުހަށް އެރުމަށް ފަހު ވެއްޓުނީ ޖަޕާނުގެ ކައިރިއަށް ކަނޑުގެ ތެރެއަށެވެ.

މިއަދު ޓެސްޓް ކުރި މިސައިލް ދަތުރުކުރިލެއް ދުރުކަމުން ، އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީިސީއާ ހަމައަށް މިސައިލެއް ފޮނުވައިލުމުގެ ގާބިލުކަން އުތުރުކޮރެއާއަށް މިހާރު ލިބިފައިވާ ކަމަށް މާހިރުން ގަބޫލުކުރެއެވެ.

އަވަށްޓެރި ދެކުނު ކޮރެއާ އަސްކަރިއްޔާއިން ބުނީ އުތުރުން ފޮނުވައިލި މިސައިލް ޖައްވުގެ ތެރެއަށް 4500 ކިލޯމީޓަރަށް( 2800 މޭލަށް) އަރައިގެން ދިޔަ ކަމަށެވެ. އެއީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ( އައިއެސްއެސް) 10 ގުނަ އުސްމިނެކެވެ. އެ އުސްމިނަށް އެރުމަށް ފަހު 960 ކިލޯމީޓަރު( 600) މޭލު ދުރަށް މިސައިލް ދަތުރުކުރި ކަމަށް ވެސް ދެކުނު ކޮރެއާއިން ބުންޏެވެ.

އުތުރުކޮރެއާގެ މި ފަހަރުގެ ޓެސްޓާ ބެހޭ ގޮތުން އެމެރިކާ، ޖަޕާނު އަދި ދެކުނު ކޮރެއާ ސަރުކާރުން ބުނެފައި ވަނީ އެއީ އައިސީބީއެމް އަކަށް ވެދާނެ ކަމަށާއި އެހެން ނަމަވެސް އެއީ އެމެރިކާއާއި އެގައުމުގެ ބައިވެރިންނަަށް ހުރި ނުރައްކަލެއް ނޫން ކަމަށެވެ.

އުތުރުކޮރެއާގެ މިސައިލްޓެސްޓާ ގުޅިގެންް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވަނީ ޖަޕާނާއި ދެކުނު ކޮރެއާގެ ވެރިނަންނަށް ގުޅުއްވައިގެން ވާހަކަ ދައްކަވާފައެވެ. އުތުރުން ކުރިމަތިކުރާ ނުރައްކަލާ އެ ތިން ގައުމު އެކުވެގެން ކުރިމަތިލާނެ ކަމުގެ ޔަގީންކަން ޓްރަމްޕް ވަނީ އަލުން ދެއްވާފައެވެ. އަދި އެއަށް ފަހު މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެއީ ހަަމަ ޖެއްސޭނެ ހާލަތެއް ކަމަށެވެ.

އުތުރުކޮރެއާއިން މިސައިލެއް ޓެސްޓްކޮށްފައި މިވަނީ އެމެެރިކާއިން ގެންގުޅޭ ޓެރަރިޒަމަށް ވާގިދޭ ގައުމުތަކުގެ ލިސްޓުގައި އެގަުއުމުގެ ނަން ހިމަނައި ދަތިރުކުރުމުގެ އިތުރު ފިޔަވަޅުތައް އެޅިތާ ކުޑަ ދުވަސްކޮޅެއްް ފަހުންނެވެ.