ކުޅިވަރު

ވޯލްޑްކަޕްގެ ގުރު ނެގުން މާދާމާ

Nov 30, 2017
1

އަންނަ އަހަރު ރަޝީޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާގެ 21 ވަނަ ފީފާގެ ވޯލްޑް ކަޕްގެ ގުރުނެގުން މާދާމާ އޮންނާނެ އެވެ.

ސުވާލަކީ، މިފަހަރުގެ ވޯލްޑްކަޕްގައި ގުރޫޕް އޮފް ޑެތު ނުވަތަ މަރުގެ ގުރޫޕަކަށް ވާނީ ކޮން ގުރޫޕެއް ހެއްޔެވެ؟ ގުރުނެގުމުގެ ކުރިން ފީފާއިން ވަނީ ޓޮޕް ސީޑް ކަނޑައަޅާފަ އެވެ. ޓޮޕް ސީޑްގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ރަޝިއާ އާއި ފީފާ ރޭންކިންގެ މިހާރު އެންމެ ކުރީގައި އުޅޭ ގައުމު ތަކެވެ. އެއީ ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަން އާއި ބްރެޒިލް އާއި ޕޯޗްގަލް، އާޖެންޓީން ބެލްޖިއަމް ޕޮލެންޑް އަދި ފްރާންސް އެވެ.

ސީޑް ކުރެވިފައިވާ ގޮތް

ބައެއް ފަރާތްތަކަށް އޮޅުން އެރި ކަމަކީ ސިޑް ކުރެވިފައި ގޮތެވެ. ވޯލްޑް ކަޕްގެ ޖާގަ އުނދަގުލުން ހޯދި އާޖެންޓީނާ ފަދަ ގައުމުތައް ޓޮޕް ސީޑް ނުވަތަ ޕޮޓް އެކެއް ގައި ސީޑް ކުރުމުން އިތުރަށް ސުވާލު އުފެއްދި އެވެ.

ސްޕެއިންގެ ބައެއް ނޫސް ތަކުން އަންދާޒާ ކުރީ ސްޕެއިންވެސް ޕޮޓް "އޭ" ގައި ހިމެނޭނެ ކަމަށެވެ. އެއީ ކޮލިފައިންގައި ގުރޫޕްގެ އެއް ވަނައިގައި އެންމެ ރަނގަލު ނަތީޖާ ހޯދި ޓީމުތަކުގެ ތެރޭގައި ސްޕެއިން ހިމެނުމުންނެވެ.

ނަމަވެސް، ފީފާއިން ޕޮޓް އެއްގައި ހިމަނަން ނީންމީ ރަޝިޔާގެ އިތުރުން ފީފާ ރޭންކިންގެ އެންމެ ކުރިގައި އުޅޭ ގައުމު ތަކެވެ. އަނެއް ތިން ޕޮޓަށް ޓީމުތައް ބަހާލަފައި ވަނީ ވެސް އެ ޓީމުތައް ފީފާ ރޭންކިންގެ ތަރުތީބަށް އިސްކަން ދީގެން ނެވެ.

ގުރު ނަގާނީ ކިހިނެތް

ހަތަރު ޕޮޓްގައި ހިމެނޭ 32 ޓީމު ބަހާލަނީ އަށް ގުރޫޕަށެވެ. އެއީ ގުރޫޕް "އޭ" އިން ފެށިގެން ގުރޫޕް "އެޗް' އަށެވެ. ރަޝިޔާ ހިމެނޭނީ ގުރޫޕް ޓޮޕް ޓީމުގެ ގޮތުގަ އެވެ. ޕޮޓް އެކެއްގައި ހިމެނުނު އަނެއް ހަތް ޓީމު ހިމެނޭނީ ގުރޫޕް "ބީ" އިން ފެށިގެން ގުރޫޕް 'އެޗް" އަށް ކޮންމެ ގުރޫޕެއްގެވެސް ޓޮޕް ޓީމުގެ ގޮތުގަ އެވެ.

އެހެނިހެން ޕޮޓް ތަކުގައި ހިމެނުނު ޓީމުތައް ހިމެނޭނެ ގުރޫޕެއް އެނގޭނީ ގުރު ނަގައިގެން ނެވެ. ޔޫރަޕުން 14 ޓީމު ވާދަ ކުރެއެވެ. ދެން އެހެނިން ބައްރެއްގެ ދެ ޓީމަކަށް އެއް ގުރޫޕެއްގައި ނޯވޭވެނެ އެވެ.

އެންމެ ފުރަތަމަ ވޯލްޑް ކަޕުން ފެށިގެން، މިހާތަނަށް ބޭއްވި ކޮންމެ ވޯލްޑްކަޕްގައި، ފީފާއިން، ވޯލްޑް ކަޕްގެ ހާއްސަ ޕޯސްޓަރެއް ނެރެއެވެ. ފީފާއިން ވަނީ އަންނަ އަހަރުގެ ވޯލްޑްކަޕްގެ ޕޯސްޓަރު މިއަދު ނެރަފައެވެ. މިޕޯސްޓަރުގައި ރަމްޒު ކޮށްދެނީ ރޫސީން ނުވަތަ ސޯވިއަޓް ޔޫނިއަންގެ ޒަމާނުގައި ފާހަގަ ކުރެވުނު ގޯލްކީޕަރު ކަމަށްވާ ލެޖެންޑަރީ ގޯލްކީޕަރު ލެވް ޔާޝިން އެވެ.