ވިޔަފާރި

ރާއްޖޭގެ ދެ ރޯޑްޝޯއަކާއެކު އަޓާ ބޭރުގެ 15 ފެއާކަށް

Dec 2, 2017

"ދިވެހިރާއްޖޭން" ބޭރުގައި ބާއްވާ ދެ ރޯޑްޝޯއަކާއެކު، އެސޯސިއޭޝަންސް އޮފް ޓްރެވަލް އެޖެންޓްސް (އަޓާ) އަންނަ އަހަރު 15 ޓޫރިޒަމް ފެއާއެއްގައި ބައިވެރިވާނެ ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ.

ރާއްޖޭގެ ޓޫރިޒަމްގައި ނަގާ ކިޔާ ގިނަ ބަޔަކު ގުޅިގެން އުފައްދާފައިވާ އަޓާ އިން އަންނަ އަހަރުގެ ފެއާތައް ޖެނުއަރީ މަހުން ފެށިގެން އޮކްޓޫބަރު މަހާ ހަމަ އަށް ބަހާލައިގެން ފެއާތަކުގައި ބައިވެރިވާނެ އެވެ.

އަޓާ އިން ބައިވެރިވަނީ ރާއްޖެ އަށް ޕޮޓެންޝަލް ހުރި މާކެޓުތަކަށެވެ. މިގޮތުން އެ ޖަމިއްޔާ އިން އަމިއްލަކަށް ވަނީ ދެ ރޯޑްޝޯއެއް އިންތިޒާމުކޮށްފަ އެވެ. އެއީ ލެޓްވިއާ އާއި ލިތުއޭނިއާ އަދި އެސްޓޯނިއާއަށް ހާއްސަކޮށް ބާއްވާ ރޯޑްޝޯއަކާއި ދެކުނު އެފްރިކާގެ ޖޮހަނަސްބާގްގައި ބާއްވާ ރޯޑްޝޯއެކެވެ.

އަޓާ ބައިވެރިވާ ފެއާތައް

ނިއުޔޯކް ޓައިމްސް ޓްރެވަލް ޝޯ (އެންވައިޓީޓީއެސް)
ޓްރެވަލް އެންޑް ޓްރޭޑް ފެއާ (ޓީޓީއެމް)
މޯލްޑިވްސް ވެލެތިކް ރޯޑް ޝޯ
ކަޒަނިސްތާން އިންޓަނޭޝަނަލް އެގްޒިބިޝަން ޓްރެވަލް އެންޑް ޓޫރިޒަމް (ކޭއައިޓީއެފް)
ސައުތު އެފްރިކާ މޯލްޑިވްސް ޓްރޭޑް ޝޯ
ކޮޓްފާ
ޓީޓީއެމް-ތައިލެންޑް ޓްރެވަލް މާޓް ޕްލަސް
ބާލީ އެންޑް ބިޔޮންގް ޓްރެވަލް ފެއާ
ސްކެންޑެނޭވިއަން ކަންޓްރީސް ޓްރެވަލް ޝޯ
އިންޓަނޭޝަނަލް ޓްރެވަލް އެކްސްޕޯ
ޓްރެވަލް އެންޑް ޓޫރިޒަމް ފެއާ
ލަކްސްއެކްސްޕީއަންސް
ޔުކްރެއިން އިންޓަނޭޝަނަލް ޓްރެވަލް މާކެޓް
އިންޓަނޭޝަލް ޓޫރިޒަމް އެންޑް ޓްރެވަލް ޝޯ
ޓައިޕޭ އިންޓަނޭޝަނަލް ޓްރެވަލް ފެއާ

ރާއްޖެ ޕްރޮމޯޓް ކުރަން އަމިއްލަ ފަރާތްތަކުން ގިނަ ފެއާތަކެއްގައި ބައިވެރިވާން ނިންމާފައިވާއިރު، ސަރުކާރުގެ މާކެޓިން ކުންފުނި، އެމްއެމްޕީއާރުސީން ވެސް ދަނީ 15 ފެއާއެއްގައި ބައިވެރިވާން ތައްޔާރުވަމުންނެވެ. އަދި ރާއްޖޭގެ ޕްރޮމޯޝަން ބަޖެޓުގެ ގޮތުގައި 3.3 މިލިއަން ޑޮލަރު (50 މިލިއަން ރުފިޔާ) ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ.