ވިޔަފާރި

ގޯލްޑް 100 ފެބުރުއަރީގައި

Dec 3, 2017
  • އެވޯޑް އޮތީ އަންނަ އަހަރު
  • އެކި އިންޑަސްޓްރީތަކަށް ދޭ
  • ގިނަ ކުންފުނިތަކުން ބަލާ އެވޯޑެއް

ބޭރުގެ އިންވެސްޓަރުންނަށް މީގެ ކުރިން ވިޔަފާރިތަކުގެ މައުލޫމާތު ފަސޭހަ އިން އެނގޭނެ ގޮތެއް ނޯވެ އެވެ. އެހެންވެ އެކަން ފަސޭހަ ކުރުމަށް ރާއްޖޭގެ އެންމެ "ވަރުގަދަ 100" ކުންފުނީގެ ލިސްޓެއް ދަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ގެޓަވޭސްގެ ވިޔަފާރީގެ މަޖައްލާ، ކޯޕަރޭޓް މޯލްޑިވްސްއިން ނެރެމުންނެވެ. އެއީ "ކޯޕަރޭޓްމޯލްޑިވްސް ގޯލްޑް 100" އެވެ.

އެންމެ ޝަރަފުވެރި

އަމިއްލަ ކުންފުންޏަކާ ސީޓީއެލް ސްޓްރެޓެޖީސްއާ ހަވާލު ކޮށްގެން އެކުލަވައިލާ މި ލިސްޓުގައި ހިމެނޭނީ އެންމެ ކުރިއަރާފައިވާ 100 ކުންފުންޏެވެ. މި ލިސްޓު އާއްމު ކުރުމުގައި އެ ކުންފުނީގެ މާލީ ގާބިލްކަން ފަދަ ގިނަ ދާއިރާ ތަކެއް ބަލާނެ އެވެ. އެހެންވެ މި އެވޯޑު ވެގެން ގޮސްފައިވަނީ ގިނަ ކުންފުނިތަކަށް ޝަރަފުވެރި އެވޯޑަކަށެވެ.

އެކި ސިނާއަތްތަކަށް

ކޯޕަރޭޓް މޯލްޑިވްސް ގޯލްޑް 100 އެކި ދާއިރާތަކުގެ ކުންފުނިތައް ހިމެނެ އެވެ. މީގެ ތެރޭގައި ޓޫރިޒަމް ދާއިރާ އާއި އިމާރާތް ކުރުމުގެ ދާއިރާ އަދި ތައުލީމީ ދާއިރާގެ އިތުރުން މާލީ ދާއިރާ ފަދަ އެކި ދާއިރާތައް ހިމެނެ އެވެ.

ދެފުން ފެންނަ ގޮތަށް

އިއުލާނު ކުރުމުން ކުރިމަތިލާ ކުންފުނިތައް ސީޓީއެލް ސްޓްރެޓެޖީސް އިން ބަލައި، ނޮމިނޭޓް ކުރެ އެވެ. އަދި އެކި ބައިތަކަށް ވަކިކޮށް އިވެލުއޭޓް ކުރާނީ އެ ކުންފުނިންނެވެ.

ދިގު މުއްދަތުގެ އެވޯޑު

ގޯލްޑް 100 ދިނުމަށް ބާއްވާ، ރަސްމިއްޔާތުގައި އެންމެ ހާއްސަ އެއް ބަޔަކީ، މި އެވޯޑު ދޭ، ރޭ އޮންނަ "ލައިފް ޓައިމް އެޗީވްމަންޓް އެވޯޑު" އެވެ. މި އެވޯޑު އެންމެ ފަހުން ލިބިފައިވަނީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފު އަށެވެ.

މެގަޒިން

ގޯލްޑް 100 ގައި ހިމެނޭ ކުންފުނިތައް ލިސްޓް ކުރުމަށް ހާއްސަ މެގަޒިން އެއް ނެރެ އެވެ. މި މެގަޒިން ބޭރުގެ 15 ފެއާއެއްގައި ބަހާނެ އެވެ.

ގޯލްޑް 100 ގާލާ ނައިޓް

ގޯލްޑް 100 އެވޯޑު ދިނުމަށް ބާއްވާ "ގޯލްޑް 100 ގާލާ" ނައިޓްއަކީ އެންމެ ޝަރަފުވެރި އެއް ހަފުލާ އެވެ. މި ހަފުލާގައި ގިނަ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ސީއީއޯ އިން ބައިވެރި ވަޑައިގަންނަވާނެ އެވެ. މި އެވޯޑު ދިނުން އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގަ އެވެ.