ދުނިޔެ

ހަމަލާތައް ވަރުގަދަކަމުން ޔަމަނު މީހުންނަށް އެހީއެއް ނުދެވޭ: ޔޫއެން

ޔަމަނުގެ ވެރިރަށް ސަންއާގައި ހަމަލާތައް ބަދަލުކުރަމުންދާލެއް ވަރުގަދަ ކަމުން އިންސާނީ އެހީ ދިނުމަށް ހުރަސް އެޅިފައިވާ ކަަމަށް ޔުނައިޓެޑް ނޭޝަންސް( ޔޫއެން) އިން ބުނެފިއެވެ.

ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއާ ގުތަރެސް އިއްޔެގައި ނެރުއްވި ބަޔާނެއްގައި ގޮވާލާފައި ވަނީ ޔަމަނު ހަނގުރާމައިގައި ބައިވެރިވާ ހުރިހާ ފަރާތްތަކަކުން ވެސް ހަމަލާ ދިނުން ހުއްޓައިލުމަށެވެ.

ޔަމަނަށް އެންމެ ވަރުގަދަ ހަމަލާތަކެއް ދެމުން ދަނީ ސައުދީ އަރަބިއްޔާއާއި އެގައުމަށް ވާގިވެރިވާ ބައެއް އެހެން އަރަބި ގައުމުތަކުންނެވެ. އެ އިއްތިހާދުން ހަނގުރާމަކުރަމުން ދަނީ ޔަމަނުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރާ ހޫސީ ހަނގުރާމަވެރިންނާ ދެކޮޅަށެވެ. ހޫސީންނަށް އީރާނުން މަދަދުކުރާ ކަަމަށް ސައުދީން ތުހުމަތު ކުރެއެވެ.

" އެމްބިއުލާންސްތަކާއި މެޑިކަލް ޓީމްތަކަށް ޒަހަމްވެފައިވާ މީހުންނާ ހިސާބަކަށް ވާސިލެއް ނުވެވޭ. ކާބޯތަކެތި ގަންނަން މީހުންނަށް ބޭރަކަށް ނުނިކުމެވޭ. އެހީދޭ މަސައްކަތްތެރީންނަށް ތަންތަނަށް ދަތުރު ނުކުރެވޭތީ ފުރާނަ ސަލާމަތް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކެއް ނުކުރެވޭ،" ޔަމަނުގެ ވެރިރަށް ސަންއާގެ ހާލަތު ސިފަކޮށްދެއްވަމުން ސެކްރެޓަރީ ގުތަރެސްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ބަޔާނުގައި ވިދާޅުވެފައި ވަނީ ކަންތައްތައް މިހިސާބަށް ގޮސްފައި މި ވަނީ ދިރިތިބުމަށް ޓަކައި ޔަމަނުގެ އެތައް މިލިޔަން މީހުންނެއް އެހީއަށް ބަރޯސާ ކުރަން ޖެހިފައިވާ ވަގުތެއްގައި ކަމަށެވެެ. އަދި އެކަން އެގޮތަށް ނުކުރުމަށާއި ބައިނަލް އަގުވާމީ ގާނޫނުތަކަށް ބޯލަނބަން އޭނާ ވަނީ ގޮވައި ލައްވާފައެވެ.

ޔަމަނުގައި ހިނގަމުންދާ ހަނގުރާމަ އިތުރަށް ވަރުގަދަ ވުމާއި ސައުދީ އަރަބިއްޔާއިން އެގައުމު ހިސާރު ކުރުމުގެ ސަބަބުން ބަނޑުހައިހޫނުކަމާއި ބަލިމަޑުކަން އެގައުމުގައި ވަނީ އާއްމުވެފައެވެ. ސައުދީން ވަނީ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހު މުޅި ޔަމަނު ހިސާރުކޮށް، އެއްވެސް އެއްޗެއް އެތެރެ ނުކުރެވޭނެހެން ބަންދުކޮށްފައެެވެ. ނަމަވެސް އެ ކަމަށް މިހާރު ވަނީ ކޮންމެވެސް ވަރެއްގެ ދުލެއް ދީފައެވެ. ހިސާރު މުޅިން ނައްތައެއް ނުލައެވެ.
ޔަަމަނުގައި އޮތް ބައިނަލް އަގުވާމީ ގޮތުން ގަބޫލުކުރާ ސަރުކާރު ހޫސީން ނުކުމެ ވައްޓައިލީ މީގެ ދެ އަހަރު ކުރިންނެވެ. އެ ސަރުކާރު ޔަމަނުގެ ވެރިރަށް ސަންއާއިން ބޭރުކޮށް، ޔަމަނުގެ ބޮޑު ބައެއް ހޫސީން ކޮންޓްރޯލް ކުރަން ފެށުމުން ސައުދީން އަރަބި ގައުމުތައް ހިމެނޭ އިއްތިހާދެއް ހަދައި، ހޫސީންނާ ހަނގުރާމަ ކުރަން ފަށާފައެވެ. ސައުދީން ދިން ހަމަލާތަކުގައި ޔަމަނުގެ ގިނަ ހޮސްޕިޓަލްތަކަކާއި ސްކޫލުތަކެއް ވެސް ވަނީ ހަލާކުކޮށްލާފައެވެ. ހަނގުރާމައިގައި 10000 އަށް ވުރެ ގިނަ މީހުން މަރުވި އިރު އޭގެ ތެރޭގައި ގިނައީ އާއްމުންްނެވެ.

ކުރިން ވެސް އަރަބި ދުނިޔޭގެ އެންމެ ފަގީރު ގައުމުގެ ގޮތުގައި އޮތް ޔަމަނުގައި ހަނގުރާމަ ހިނގާތާ ދެ އަހަރު ވީ އިރު އެތައް މިލިޔަން މީހުންނެއް ވަނީ ބަނޑަށް ޖެހިފައެވެ. އަދި ބޭރަށް ހިންގުމުގެ ނުރައްކާތެރި ވައްތަރެއް ކަމަށްވާ ކޮލެރާ ފެތުރި އެ ބަލި މިހާރު ވަނީ އަށް ލައްކައަށް ވުރެ ގިނަ މީހުންނަށް ޖެހިފައެވެ. އެހުރިހާ ކަމަކާ އެކު ޔަމަނުގެ އާބާދީގެ ބޮޑު ބަޔަކަށް މިހާރު ކާނާ ފޯރުކޮށްދެނީ އެހީދޭ ޖަމާއަތްތަކުންނެ