ވިޔަފާރި

ސީޕީއައި އަށް ކަޅިއެއް: ގޭގެ ކުލި އަދިވެސް މައްޗަށް

Dec 7, 2017
2
ފުރި ބާރުވެފައިވާ ފުރަ މާލޭގެ މަތިން ނަގާފައިވާ މަންޒަރެއް-- ފޮޓޯ: އަހުމަދު ޝުރާއު| އަވަސް
100%
0%
0%

ގޭގެ ކުލި މަތިވުން މިއީ އާއްމު ވާހަކަ އެކެވެ. އަދި ދިވެހިންގެ އިޖުތިމާއީ ބަލިމަޑުކަމުގެ މައި ބައްޔޭވެސް ބުނެވިދާނެ އެވެ. ނަމަވެސް ހަގީގަތަކަކީ ގޭގެ ކުލިތައް ހަލުވި މިނެއްގައި މަތިވަމުން ދިއުމެވެ.

ކޮންމެ މަހަކު، ސްޓެޓިސްޓިކް ބިއުރޯ އިން އާއްމުކުރާ ތަފާސް ހިސާބުތަކުން އެނގެނީ އެންމެ ބޮޑަށް މަތިވާ އެއް ދާއިރާގެ ތެރޭގައި ގޭގެ ކުލިތައް ހިމެނޭ ކަމެވެ. މި އަހަރުގެ އޮކްޓޫބަރު މަހުގެ ނެރެފައިވާ ކޮންސިއުމާ ޕްރައިސް އިންޑެކްސް ނުވަތަ އިންފްލޭޝަން ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އަހަރު ދުވަހުގެ ތެރޭގައި މާލޭގައި ގޭގެ ކުލީގެ ބައިގެ އިންފްލޭޝަން ހުރީ 0.56 ޕަސެންޓުގަ އެވެ. އަދި މާލެ އާއި ރަށްތައް އެކުގައި މުޅިރާއްޖެ ބަލާނަމަ މި އަދަދު އުޅެނީ 5.84 ޕަސެންޓުގަ އެވެ. ނަމަވެސް ރަށްރަށުގައި މި ބަޔަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ.

މީގެ އިތުރުން މި އަހަރުގެ ސެޕްޓެމްބަރު މަހާއި މި އަހަރުގެ އޮކްޓޫބަރު މަހާ އަޅާއިރު، ގޭގެ ކުލި ކުލި އަދި ފެނާއި ކަރަންޓު އަދި ގޭސް އަދި ތެޔޮ އެއްކުރާނަމަ އިންފްލޭޝަން 0.30 ޕަސެންޓަށް ވަނީ މަތިވެފަ އެވެ.

ނޭޝަނަލް ސްޓެޓިސްޓިކް ބިއުރޯ އިން ބުނި ގޮތުގައި ގޭގެ ކުއްޔާއި ފެން، ކަރަންޓް، ގޭސް އަދި ތެލުގެ
ބައި، ފަރުނީޗު އަދި ހިފާގެންގުޅޭ ސާމާނުގެ ބައި، ދަތުރުފަތުރުގެ ބައި އަދި ކުޅިވަރާއި ސަގާފީ ކަންތަކުގެ ބައި ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ފިޔަވާ އެހެން ބައިތަކުގެ އަގުތަކަށް ބަދަލުއައިސްފައިވަނީ މުޅި ރާއްޖެ އާއި މާލޭގައި ދާދިއެއް ގޮތަކަށް ކަމަށެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މުސިންބު

ކުލި މައްޗަށް ދިޔަސް އުޅެން ޖެހެނީ މާލޭގަ.ކުލި މައްޗަށް ދަނީ ބުނި އަދަދެއް ދީގެން އުޅޭނެ މީހުން ވާތީ.ދެން ރާއްޖެތެރޭ މީހުންގެ ޕާޓީއޭ ކިޔައިގެން މޮޅެތި ޕޯސްޓް ކުރީމަ ނިމުނީ.. ދެން ބުނާނެ ރަށް ތަރައްގީއެއް ނޫނޭ.ބަލަ ރަށް ތަރައްގީވެ ކުރިއަރާނީ އެއް ބަޔަކުވެސް ކިޔަވައިގެން ރަށަށް ގޮސް ރަށަށް ހިދުމަތް ކޮށްދިނީމަ.ކިޔަވަ ކިޔަވައިގެން މާލޭ މީހުންނަށް ކުލި ދީގެން އުޅުނަސް ރަށެއް ކުރިއެއް ނާރަނެ..

ރަޝީދު

ކަޓް އެންޑް ޕޭސްޓް އުސޫލުން ބޭނުން ކޮށް ގެން ނެރޭ ރިޕޯޓެއް އަސްލު ނުވެސް ބަލާ އަދި ބައެއް ފަހަރު ބެލިޔަސް ޙަޤީޤަތެއް ހާމަ އެއް ނުކުރޭ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345