ވިޔަފާރި

އުރީދޫ "ކަލާ ރަން"، ކުލައިގެ އީދަކަށް

Dec 9, 2017

އުރީދޫ ކަލާރަން ތަފާތެވެ. އެންމެ ހާއްސަ އެއް ކަމަކީ މި ދުވުމުގައި ހުރިހާ މީހުންނަށް ބައިވެރިވުމެވެ. ވަކި އުމުރެއް ވަކި ބުންވަރެއްގެ ބަޔަކު ނެތެ. ހަމައެކަނި ޝަރުތަކީ ބައިވެރިވުމެވެ. މިކަންވީ ގިނަ ބަޔަކަށް މަޖަލަށެވެ. މިއާއެކު 3،200 މީހުން ވަނީ ދުވުމުގައި ބައިވެރިވެގެން އުރީދޫ ކަލާރަން އިއްޔެ ކާމިޔާބު ކަމާއެކު ބާއްވާފަ އެވެ.

މަޝްހޫރު ބޭންޑްތަކުން ވަގުތުން ކުޅެމުން ދިޔަ މިއުޒިކުގެ އަޑާއެކު ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބާއްވަމުން އަންނަ "ކަލާރަން" ގައި ވަނަތަކެއްވެސް ހޮވާފައިވެ އެވެ. މިގޮތުން އެންމެ އެންޓަޓެއިނިން ދުވުންތެރިޔާ އާއި އެންމެ ފެންސީ ދުވުންތެރިޔާ ފިރިހެން އަދ އަންހެން ހޮވި އެވެ.

- ދި ފެންސީ ރަނާ، ފީމޭލް: ބިބް ނަންބަރު 1867
- ދި ފެންސީ ރަނާ، މޭލް: ބިބް ނަންބަރު 1660
- ދި މޯސްޓް އެންޓަަޓެއިނިން ރަނާ: ބިބް ނަންބަރު 1316

އުރީދޫ ކަލާ ރަންގެ ފޮޓޯ ގެލެރީ

އުރީދޫ ކަލާ ރަން އަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވައިދޭނެ ހަރަކާތެއްކަން އަންގައިދިނުމުގެ މަގުސަދުގައި އުރީދޫން ބާއްވާ ދުވުމެކެވެ. މި ދުވުމުގައި އެކި ކޮސްޓިއުމްތައް އަޅައިގެން ވެސް ދުވެވެ އެވެ. އެ ކުންފުނިން ވަނީ މި ދުވުން ކުރިއަށް އޮތް އަހަރުތަކުގައި ސީއެސްއާރު ބައެއްވެސް ހިމެނުމަށް ނިންމާފަ އެވެ.

އުރީދޫ ކަލާރަންގެ ޕްރޮމޯ ވީޑިއޯ--