ފިނިޕޭޖް

ޑިޓިއުންގެ "ހިޔަމަ"ގެ ވީޑިއޯ ލަވަ ނެރެފި

މި ދޭތެރެއަކުން ޑީޓިއުން ބޭންޑުގެ ފޭނުން ދެއްކި ވާހަކަ އަކީ މިއީ އެވެ. އެއި ކޯންޗެއް ހެއްޔެވެ؟ ނޫނީ ކޯންޗެއްބާ އެވެ؟ އެ ސުވާލެއްގެ ޖަވާބު އެކި ހޯދަން ލައްކަ ގިނަ ވިސްނުންތައް ވިސްނި އެވެ. އެހެން ނަމަވެސް އެއީ ކޯންޗެއްކަން އެނގޭވަރުވީ ރޭގަ އެވެ.

"ކޯންޗެއްބާ" މިވީ ޑީޓިއުން އިން ކުރިން ނެރެފައިފައިވާ އަލްބަމެއްގަ ހިމެނޭ ލަވައެއް ކަމަށްވާ "ހިޔަމަ" އިގެ ވީޑިއޯ ލަވައަށެވެ. ލަވައެއްގެ ސިފައެއްގަ ގެނެސްދިން ކުރު ވާހަކައެކެވެ. ހިޔަމަ އަކީ ކުރިން ފެށިގެން ދިވެހިން ކިޔަމުން އަންނަ "ރަންފޮއްޓެއް ލައްގަޅޭ" ބޭނުންކޮށްލައިގެން ހަދާފައިވާ ރީތި ލަވައެކެވެ. އެ ލަވައިގަ ގެވެށި އަނިޔާ އާ ދެކޮޅަށް ހާއްސަ މެސެޖެއް ދެ އެވެ.

އިހު ޒަމާނުގެ ވާހަކަ ކިޔައިދޭ އެ ލަވައިގެ އެ ޒަމާން ދައްކާލާފައިވަނީވެސް އިތުރު ފާޑެއް އެއަށް ނުކިޔޭ ވަރަށެވެ. ކޮސްޓިއުމާ މޭކަޕް އަދި ލަވައިގެ ފެންނަ ރީތި ގޮނނޑުދޮށާ މޫދު އަދި ރަށުތެރެ އާއި ގެވެސް އެ ޒަމާނާ އެއްވެސް ތަފާތެއް ނެތެވެ. މަހުދީ އަހްމަދުގެ ސްކްރީން ޕްލޭ އަކަށް އެ ލަވަ ޑައިރެކްޓް ކޮށްފައިވަނީ މުންކޮ އެވެ. މާސްކޭ އަދި ކަނޑީގެ ސިނެމެޓޮގްރަފީ އާ އެކު އިހުގެ މަންޒަރުތައް ވަރަށް ހިތްގައިމެވެ.

ޑީޓީއުންގެ އާ ލަވަ. --

ޑީޓިއުންއިން މީގެ ކުރިން ގެނެސްދިން "ނަށާލާ" "ވައި"، އަދި "އައްޗި ޗީޗީ"ވެސް ވީ ގިނަ ބަޔަކަށް ވަރަށް ބޮޑަށް ކަމުދިޔަ ލަވަތަކަކަށެވެ. އެލަވަތައް ވެގެން ދިޔައީ ދިވެހި ލަވަތައް އެހެން ހަރުފަތަކަށް ގެންގޮސްދިން ލަވަތަކަކަށެވެ.

ޑީޓިއުން އަކީ ގެ ފެޒޫ. ފުޖީ، އައްމަޑޭ، އައްޔަ އަދި ފާތިހު ކިޔާ ފަސް ޒުވާނުން ހިމެނޭ ބޭންޑެކެވެ. ފާއިތުވެދިޔަ 10 ވަރަކަށް އަހަރު ތެރޭގައި އުފެދުނު ދިވެހި ބޭންޑްތަކުގެ މެދުގައި ދިރާސާއެއްކުރިޔަސް މިއަށް ވުރެން ޑެޑިކޭޓެޑް ނުވަތަ ޕެޝަންގައި މިއުޒިކް ކުޅޭ ތަރުތީބު ރަނގަޅު ބޭންޑެއް ނުފެންނާނެކަން ޔަގީނެވެ.