ވިޔަފާރި

އުރީދޫއިން ލަވަފޮށި ޕްރިމިއަމް ތައާރަފްކޮށްފި

Dec 12, 2017

މަގުބޫލް މިޔުޒިކް ސްޓްރީމިން އެޕް، ލަވަފޮށިއާ ގުޅިގެން ލަވަފޮށި ޕްރިމިއަމް އުރީދޫން ގެނެސްދީފި އެވެ.

އާޓިފިޝަލް ބީޗްގައި މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ތައާރަފުކުރި ލަވަފޮށި ޕްރިމިއަމްގެ ހިދުމަތް އެ ކުންފުނީގެ ކަސްޓަމަރުންނަށް މުޅިން ހިލޭ ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި މިއީ ދިވެހި މިއުޒިކީ ދިގު ތާރީހުގެ ގިނަ ލަވަ އަޑު އަހާ، އެ ލަވަތައް ޑައުންލޯޑްކުރުމުގެ ފުރުސަތެކެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ސްޓްރީމިން މިއުޒިކް ހިދުމަތް ކަމުގައިވާ ލަވަފޮށި ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ ތެރޭގައި ހާއްސަކޮށް ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައެވެ. ދިހަ ހާހަށްވުރެ ގިނަ ދިވެހި ލަވައާ އެކު "ލަވަފޮށި ޕްރިމިއަމް" ގެ ހިދުމަތް ސަބްސްކްރައިބް ކޮށްގެން ބޭނުންކުރުމުގެ ފުރުސަތު ހުރިހާ އެންމެންނަށް ލިބިގެންދާއިރު އުރީދޫގެ ކަސްޓަމަރުންނަށް "ލަވަފޮށި ޕްރިމިއަމް" އިތުރު އެއްވެސް އަގަކާނުލާ އުރީދޫ 4G+ ނެޓްވޯކުގައި ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އުރީދޫން ބުނީ މި އެޕްމެދުވެރިކޮށް އެހާރާއި މިހާރުގެ ދިވެހި ލަވައާއި މިއުޒިކް ހައި ކޮލިޓީގައި، މޮބައިލް ފޯނުން އަޑު އަހާލުމުގެ ހިތްހަމަޖެހުން "ލަވަފޮށި ޕްރިމިއަމް" އިން ލިބިގެންދާނެ ކަމަށެވެ. މި އެޕްގެ އެޑެޕްޓިވް ސްޓްރީމިން ފީޗަ މެދުވެރިކޮށް، ސްމާރޓް ފޯންތަކަށް އެންމެ ފުރިހަމަ އުރީދޫ ނެޓްވާރކްގައި، މިއުޒިކް އޭގެ އެންމެ ފުރިހަމަގޮތުގައި ތަޖުރިބާކޮށްލާ، އެންމެ ކަމުދާ ލަވަތައް ހައި ކޮލިޓީގައި އެއްވެސް އިޝްތިހާރަކާ ނުލާ އޮފްލައިންކޮށް ވެސް އަޑު އަހާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އަދުގެ ޑިޖިޓަލް ދުނިޔޭގައި ލަވަފޮށި ވެފައިވަނީ މަޝްހޫރު، އަދި އަރަމުން އަންނަ ދިވެހި ފަންނާނުން ކުރިއަރުވާ، ޑިޖިޓަލް ކޮންޓެންޓް އުފައްދާ ޕްރޮމޯޓް ކުރުމަށް މުހިއްމު މަގެއްކަމުގައެވެ. ޑިޖިޓަލް ރާއްޖެއަށް އުފެއްދުށް އުރީދޫއިން ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރަމުންދާނީ ދިވެހި ފަންނާނުންގެ ހުނަރު ކުރިއެރުވުމުގައި އެހީތެރިވެދީ ބައިނަލްއަގްވާމީ މައިދާނުގައި ފަންނުވެރިން ޕްރޮމޯޓް ކުރެވޭނޭ ގޮތްތައް އެކިއެކި ހިދުމަތްތަކާ އެޕް މެދުވެރިކޮށް ހޯދައިދިނުމަށް ކަމަށް އުރީދޫއިން ބުންޏެވެ.