ވިޔަފާރި

އުރީދޫ އިން އެޕްއެން ގޭމްޕެކްސް ތައާރަފްކޮށްފި

Dec 17, 2017

އުރީދޫ އިން "އެޕްއެންގޭމް" ޕެކް ގެ ނަމުގައި މުޅިންއާ 3 ޑޭޓާޕެކް މިއަދު ތައާރަފްކޮށްފި އެވެ.

އިންޓަނެޓް ބޭނުންކުރުމަށް ޑޭޓާ އެލަވަންސް، އަދި މަގްބޫލް މޯބައިލް އެޕް ބޭނުންކުރުމަށް ވަކި ޑޭޓާ އެލަވަންސެއް ކަނޑައެޅިފައިވާ މި ޕެކްތަކަކީ ވަރަށް އެކަށޭނަ އަގުތަކެއްގައި ރާއްޖެއަށް މުޅިން އަލަށް ތައާރަފް ކުރެވުނު ޕެކް ތަކެކެވެ.

އުރީދޫ އެޕްއެންގޭމް ޕެކްތަކަކީ ސްނެޕްޗެޓް އާއި ސައުންޑްކްލައުޑް އަދި ކްލޭޝް އޮފް ކްލޭންސްގެ އިތުރުން އައިއެމްއޯ ފަދަ ސްމާޓްފޯން ބޭނުންކުރައްވާ ބޭފުޅުންގެ މެދުގައި މަގްބޫލް އެޕްތައް ބޭނުންކުރުމަށް ވަކި ޑޭޓާ އެލަވަންސެއް އެކުލެވިގެންވާ ޕެކް ތަކެކެވެ. ޕެކްތައް އެކްޓިވޭޓް ކުރެއްވުމަށް *929*2# އަށް ގުޅައިލުމުން ކުރެވޭނެ އެވެ. އަދި އެޕްއެންގޭމް ޕެކްއާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ooredoo.mv ގެ ވެބްސައިޓުން ވެސް ލިބޭނެ އެވެ.

މި ޕެކްތަކުގެ ތެރޭގައި ހިމެނެނީ:

- 159 ރުފިޔާ އަށް 1.5ޖީބީ: އެޕްތައް ބޭނުންކުރެއްވުމަށް 711 އެމްބީ، އަދި އުރީދޫ ނަމްބަރުތަކަށް ގުޅުއްވުމަށް 50 މިނެޓް
- 259 ރުފިޔާއަށް 4ޖީބީ: އެޕްތައް ބޭނުންކުރެއްވުމަށް 1 ޖީބީ، އަދި އުރީދޫ ނަމްބަރުތަކަށް ގުޅުއްވުމަށް 150 މިނެޓް
- 359 ރުފިޔާއަށް 8ޖީބީ: އެޕްތައް ބޭނުންކުރެއްވުމަށް 2 ޖީބީ، އަދި އުރީދޫ ނަމްބަރުތަކަށް ގުޅުއްވުމަށް 250 މިނެޓް

އުރީދޫ ބުނީ އެޕްއެންގޭމް ޕެކްތައް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ޕެކްތަކެއް ކަމަށެވެ. އަދި ޒުވާނުންގެ މެދުގައި މަގްޤްބޫލް ސްނެޕްޗެޓް އަދި އައިއެމްއޯ މެދުވެރިކޮށް ރައްޓެހިންނާ މުއާމަލާތް ކުރައްވާ ބޭފުޅުން، ސައުންޑްކްލައުޑް މެދުވެރިކޮށް މިޔުޒިކް ސްޓްރީމް ކުރައްވާ މީހންގެ ފޯރިގަދަ ސްމާޓްފޯން ގޭމް ކްލޭޝް އޮފް ކްލޭންސް ކުޅުއްވާ ބޭފުޅުންނަށް މި ޕެކްތަކަކީ ވަރަށް އެކަށޭނަވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެޕްއެންގޭމް ޕެކްތަކުގެ ކޮންމެ ޕެކެއް ވެސް އެއް މަސް ދުވަހަށް ބޭނުން ކުރެވެ އެވެ.

އާ ޚިޔާލުތަކާއި އުފެއްދުންތަކުގެ މައްޗަށް ބިނާކޮށް ކަސްޓަމަރުންނަށް، އަދި ވަކިން ހާއްސަކޮށް ސްމާޓްފޯން ބޭނުން ކުރައްވާ މީހުންނަށް އެކަށޭނަ ހިދުމަތްތައް ތައާރަފްކުރުމަށް އުރީދޫ އިން އަބަދުވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ނިމިދިޔަ ހަފްތާގައި އުރީދޫ އިން ވަނީ މަގްބޫލް މިޔުޒިކް ސްޓްރީމިންގ އެޕް ލަވަފޮށި އާއި ގުޅިގެން ލަވަފޮށި ޕްރިމިއަމް ތައާރަފްކޮށްފަ އެވެ. މި ޕާޓްނާޝިޕާއެކު އުރީދޫގެ ކަސްޓަމަރުންނަށް ލަވަފޮށި ޕްރިމިއަމް މުޅިން ހިލޭ ބޭނުންކުރުމުގެ ފުރުސަތު ލިބި، ސްމާޓް ފޯންތަކަށް އެންމެ ފުރިހަމަ އުރީދޫ 4G+ ނެޓްވާރކްގައި، މިއުޒިކް އޭގެ އެންމެ ފުރިހަމަގޮތުގައި ތަޖުރިބާކޮށްލާ، އެންމެ ކަމުދާ ލަވަތައް ހައި ކޮލިޓީގައި އެއްވެސް އިޝްތިހާރަކާނުލާ އޮފްލައިންކޮށް ވެސް އަޑުއަހާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.