ވިޔަފާރި

ޗުއްޓީ ދަތުރުތަކާއެކު އުރީދޫއިން ސަޅި ޕްރޮމޯޝަނެއް

Dec 19, 2017

އައިފޯނަށާއި، ޗުއްޓީ ދަތުރުތަކަށް އުންމީދުކޮށްގެން ތިބި މީހުންނަށް އުރީދޫއިން މިއޮތީ ވަރަށް ސަޅި ޕްރޮމޯޝަނެއް ފަށާފަ އެވެ. "އުރީދޫ ވޯލްޑް ޓުއާ"ހެ ނަމުގައި ފެށި އޕްރޮމޯޝަންގައި ބައިވެރިވެގެން ޗުއްޓީ ދަތުރުތަކާއި އައިފޯން އަށެއް ހޯދިދާނެ އެވެ.

އެސްއެމްއެސް މެދުވެރިކޮށް ބައިވެރިވެވޭ މި ޕްރޮމޯޝަންގައި ހިމެނެނީ އާންމު މައުލޫމާތު، ޓެކްނޮލޮޖީ، ދަތުރުފަތުރު އަދި ލައިފްސްޓައިލްއާގުޅޭ ސުވާލުތަކެވެ. އުރީދޫ އިން ބުނީ ޕްރޮމޯޝަންގައި ބައިވެރިވެ، އެސްއެމްއެސް މެދުވެރިކޮށް ރަގަޅު ޖަވާބު ދޭ ކޮންމެ ފަހަރަކު 300 ޕޮއިންޓް ލިބިގެންދާނެ ކަމަށެވެ. އަދި ޖަވާބު ނުބައިވި ކަމުގައި ވިއަސް، ޖަވާބު ދޭ ކޮންމެ ސުވާލަކަށް 100 ޕޮއިންޓް ލިބޭނެއެވެ. މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ 10 ދުވަހަކުން، އަދި ކޮންމެ މަހަކު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތްތަކަށް ވަރަށް އަގުހުރި އިނާމުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން ކޮންމެ 10 ދުވަހަކުން ހޮވޭ އެންމެ ގިނަ ޕޮއިންޓް ލިބޭ ބައިވެރިއަކަށް އެޕަލް އައިފޯން 8 އަދި ކޮންމެ މަހަކު ހޮވޭ އެންމެ ގިނަ ޕޮއިންޓް ލިބޭ ބައިވެރިއަކަށް ރާއްޖެއިން ބޭރަށް ޗުއްޓީ ދަތުރެއް ލިބޭނެ ކަމަށެވެ.

އެ ޕްރޮމޯޝަންގައި ބައިވެރިވުމަށް، ކަސްޓަމަރުން 555 އަށް ‘GO’ ޖަހާފައި ފޮނުވުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. މި ޕްރޮމޯޝަން ހިނގަމުންދާނީ މިއަދުން ފެށިގެން އަންނަ އަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.